ދިވެހި|English Aug 24, 2026 · 08:05
Top banner
Advertisement
އިޒްރޭލުގެ ހަމަލައެއްގައި ދެ ޕްރޮފެސަރަކު ޝަހީދުކޮށްލައިފި
World

އިޒްރޭލުގެ ހަމަލައެއްގައި ދެ ޕްރޮފެސަރަކު ޝަހީދުކޮށްލައިފި

ޟޟަމްރަތު އަހްމަދުMar 13, 2026
އިޒްރޭލު ސިފައިން ލުބުނާނުގެ އަލްޙަދަސް އަވަށުގެ "ލުބުނާން ނޭޝަނަލް ޔުނިވާސިޓީ" ގެ ކެމްޕަހަށް ބޮންއަޅައި ޕްރޮފެސަރުންތަކެއް ޝަހީދު ކޮށްލައިފިއެވެ. ޝަހީދުކޮށްލާފައިވަނީ ފެކަލްޓީ އޮފް ސައިންސްގެ ޕްރޮފެސަރ ޑރ. ޙުސައިން ބައްޒީ އާއި ޕްރޮފެސަރު ޑރ. މުރުތަޟާ ސުރޫރެވެ. ޔަހޫދީ ސިފައިން މިހާރުވަނީ ލުބްނާނަށް ދެމުންގެންދަ ހަމަލާތައް ވަރުގަދަކޮށްފައެވެ. މި ހަމަލާތަކުގެ ސަބަބުން އާންމުންގެ މެދުގައިވަނީ ބިރުވެރިކަމާއި ކަންބޮޑުވުން އިންތިހާއަށް ގޮސްފައެވެ. ނުލަފާ ޔަހޫދީ ސިފައިން ވަނީ ލުބުނާނުގެ އަވަށްތައް ހުސްކުރުމަށް ގޮވާލައިފައެވެ. މިއީ އެމީހުންދޭން އުޅޭ ވައިގެ ހަމަލާތައް ވަރުގަދަކުރާނޭ ކަމުގެ އަލާމާތެއް ކަމަށް ބެލެވެއެވެ. ލުބުނާނުގެ ރައީސް ޖޯސެފް އައުން ވަނީ އިޒްރޭލުގެ މިހަމަލާ ކޮށްވެރި ކޮށްފައެވެ. އަދި ޝަހީދުވި ޕްރޮފެސަރުންނަށް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. މި ހަމަލާއަކީ ބައިނަލްއަގުވާމީ މިންގަނޑާ ހުރިހާ ގޮތަކުން ވެސް ޚިލާފު އަމަލެއް ކަމަށް އައުންވިދާޅުވިއެވެ. އެ ޔުނިވަރުސިޓީއަކީ ލުބުނާނުގެ މުސްތަގުބަލް ބިނާކުރަން ތިބި ޒުވާނުން ކިޔަވަމުންދާ މުހިންމު މުއައްސަސާއެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

Related News