ދިވެހި|English Jul 10, 2026 · 01:32
Top banner
Advertisement
އެމެރިކާގެ އެންސީޓީސީ ގެ ވެރިޔާ ކންޓު އިސްތިއުފާ ދީފި
World

އެމެރިކާގެ އެންސީޓީސީ ގެ ވެރިޔާ ކންޓު އިސްތިއުފާ ދީފި

އއަހުމަދު މުހައްމަދުMar 18, 2026
އެމެރިކާގެ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) ގެ ވެރިޔާ (ޑިރެކްޓަރ ޖޯ ކެންޓު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އީނާނާ ދެކޮޅަށް ޓްރަމްކުރަމުން ގެންދާ ހަނގުރާމާއާ ދެކޮޅު ހެދުމުގެ ގޮތުން އޭނާ ނިންމި ނިންމުމެއް ކަމަށް ބޭރުގެ ޚަބަރުތައް ބުނެއެވެ. އެކްގައި އޭނާ ޢާންމުކޮށްފައިވާ އިސްތިއުފާގެ ސިޓީގައި ބުނެފައިވަނީ މިއީ ވަރަށް ބޮޑަށް ވިސްނުމަށްފަހު ނިންމި ނިންމުމެއް ކަމަށެވެ. މި ނިންމުން ނިންމަންޖެހުނީ އީރާނާ ދެކޮޅަށް އިޒްރޭލާއި އެމެރިކާ ކުރަމުންގެންގެންދާ ހަނގުރާމައަކީ ކޮށްގެންވާނޭ ހަނގުރާމައެއް ކަމަށް އޭނާގެ ޒަމީރު ގަބޫލު ނުކުރާތީ ކަމަށެވެ. އެސިޓީގައި ބުނެފައިވަނީ އީރާނަކީ އެމެރިކާއަށް އެއްވެސް ނުރައްކަލެއް އޮތް ގައުމެއް ނޫންކަމަށެވެ. މިއީ އިޒްރޭލުން އެމެރިކާ ނުވަތަ ޓްރަމްޕުގެ ބޮލަށް އެރިގެން ކުރުވި ހަނގުރާމައެއް ކަމަށް އޭނާ ސިފަކޮށްފައިވެއެވެ. ކެންޓަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ތެރޭގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަށް ފާޅުގައި ފާޑު ވިދާޅުވާ ބޭފުޅުންގެ ތެރެއިން އެންމެ އިސް ބޭފުޅާއެވެ. ކެންޓާ ބެހޭގޮތުން ޓްރަމްޕް ބުނެފައިވަނީ އެއީ "ރަނގަޅު މީހެއް" ކަމަށެވެ. އެހެންނަމަވެސސް ސަލާމަތީ ގޮތުން ބަލާކަމަށްވާނަމަ އެއީ ބަލިކަށި މީހެއްކަމަށެވެ. ކެންޓުގެ އިސްތިއުފާ ދިނުމަކީ ރަނގަޅު ކަމެއްގެ އިހްސާސް ކުރެވުނު ކަމަށް ޓްރަމްޕްވަނީ ބުނެފައެވެ.  

Related News