ދިވެހި|English Jul 10, 2026 · 01:38
Top banner
Advertisement
އީރާނުގެ ގޭސް ޕްލާންޓްތަކަށް ދިން ހަމާލާގެ ބަދަލު ހިފާނަން: އީރާން
World

އީރާނުގެ ގޭސް ޕްލާންޓްތަކަށް ދިން ހަމާލާގެ ބަދަލު ހިފާނަން: އީރާން

އއަހުމަދު މުހައްމަދުMar 19, 2026
އީރާނުގެ ދެކުނުގެ ސަރަހައްދެއްގައިހުރި އީރާނުގެ ގޭސް ޕްލާންޓުތަކަށް އިޒްރޭލުން ދިން ހަމަލާގެ ބަދަލުގައި ގަލްފުގެ ގައުމުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނޭ ކަމަށް އީރާނުން ބުނެފިއެވެ. މި ހަމަލާ ދޭނީ ގަތަރު، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރ ތަކަށް ކަމަށް އީރާނުން ވަނީ ބުނެފައެވެ. އެގައުމުތަކަށް ހަމަލާދޭން ނިންމީ އީރާނަށް ހަމަލޭދޭން އަންނަ ޖެޓުތަކަށް އެގައުމުތަކުން އެހީވާތީއެވެ. އީރާނުން ބުނެފައިވަނީ އެގައުމަށް ހަމަލާދިނުމަށް އަރަބި ބިންތައް ބޭނުން ކުރުމުގެ ހުއްދަ އެމެރިކާއާއި އިޒްރޭލަށް އޮވެގެން ނުވާނޭ ކަމަށެވެ. އީރާނުން ދީފާނެ ހަމަލާއަކުން ދިފާއުވުމަށާއި ލިބޭ ގެއްލުން ކުޑަކުރުމަށް މިގައުމުތަކުން ގެންދަނީ މިހާރުން ފެށިގެން ތައްޔާރުވަމުންނެވެ. އެގޮތުން ހަކަތަ އުފައްދާ ކާރުޚާނާތަކުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލައި އެތަންތަނުން މީހުން ހުސްކުރުން ފަދަ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.

Related News