ދިވެހި|English Jul 10, 2026 · 02:15
Top banner
Advertisement
ޑިމޯނާ ހިމެނޭ ސަރަހައްދަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި
World

ޑިމޯނާ ހިމެނޭ ސަރަހައްދަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި

ޟޟަމްރަތު އަހްމަދުMar 22, 2026
އިޒްރޭލުގެ ޑިމޯނާ ނިއުކްލިއަރ ޕްވަރޕްލާންޓު ހުންނަ ސަރަހައްދަށް އީރާނުން ވަރުގަދަ މިސައިލް ހަމަލާތަކެއް މިރޭ ދީފިއެވެ. އެގައުމުން ބުނެފައިވަނީ މިއީ އީރާނުގެ ނަތަންޒް ނިއުކްލިއަރ ޕަވަރޕްލާންޓަށް އީޒްރޭލް-އެމެރިކާއިން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ. އީރާނުގެ އަސްކަރީ މަސްއޫލިވެރިންނާ ހަމަވާލީ އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ބުނެފައިވަނީ މި ހަމަލާގެ ސަބަބުން އަނެއްކާވެސް ދުޝްމަނުންނަށް މިހާރު ހުންނާނީ ހިތުންނުފިލާވަރުގެ ފިލާވަޅެއް ލިބިފައި ކަމަށެވެ. ޑިމޯނާ ސަރަހައްދަށް ދިން މިސައިލް ހަމަލާއިން އީރާނުން ދޭން ބޭނުންވާ މެސެޖަކީ އެގައުމުގެ މިސައިލް ނުފޯރާ އެއްވެސް ހިސާބެއް އިޒްރޭލުގައި ނެތް ކަމެވެ. އީރާނުގެ މިސައިލްތަކުން އިޒްރޭލަށް ރައްކާތެރި އެއްވެސް ތަނެއް އެގައުމުގައި މިހާރުނެތްކަން އެވެރިން ދަންނަންޖެހޭނޭ ކަމަށް ވެސް އީރާނުންވަނީ ބުނެފައެވެ. ޑިމޯނާ ނިއުކްލިއަރ ރިއެކްޓަރުގެ ނަމުން މަޝްހޫރުވެފައިވާ ޝިމޮން ޕެރެސް ނެގެވް ނިއުކްލިއަރ ރިއެކްޓަރަކީ އިޒްރޭލުގެ ދެކުނުގައި އޮންނަ ނެގެވް ޑެޒާޓްގައި ހުންނަ ނިއުކްލިއަރ ރިއެކްޓަރެކެވެ. އެސަރަހަށްދަށް ހަމަލާދިނަސް ސީދާ އެ ރިއެކްޓަރަށް އީރާނުން ހަމާލާ ނުދޭކަމަށް ޚަބަރުތައް ބުނެއެވެ. އެހެންނަމަވެސް އީރާނުން ބޭނުން ކަމަށްވާނަމަ ސީދާ އެތަނަށް ހަމަލާދީ ގޮއްވާލުމަކީ އީރާނަށް އެއްވެސް ކަމެއްނޫންކަން އިޒްރޭލާއި އެމެރިކާގެ ހަރުކަށި ވެރިންނަށް މިހާރު ހުންނާނީ އެނގިފައި ކަމަށް ވެސް އީރާނުންވަނީ ބުނެފައެވެ. އީރާނުގެ މިހަލާގައި އެތައް ބަޔަކު މަރުވެ އެތައް  ބަޔަކު ޒަޚަމްވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އެހެންނަމަވެސް ޔަހޫދީ ގައުމުން ގެންދަނީ މަރުވި މީހުންގެ ހަގީގީ އަދަދު މުޅިދުނިޔެއަށް ވެސް ސިއްރު ކުރަމުންނެވެ.  

Related News