ދިވެހި|English Jul 10, 2026 · 01:39
Top banner
Advertisement
އިޒުރޭލުގެ ފައިނޭންޝަލް ޑިސްޓްރިކްޓް އަނދައި ހުލިވެއްޖެ
World

އިޒުރޭލުގެ ފައިނޭންޝަލް ޑިސްޓްރިކްޓް އަނދައި ހުލިވެއްޖެ

ޙޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫMar 23, 2026
އީރާނުން ރޭ ފޮނުވާލި "ސިއްޖީލް" މިސައިލެއް އަމާޒުވެ ބޮޑު ގޮވުމެއް ގޮވައި، އިޒުރޭލުގެ ފައިނޭންޝަލް ޑިސްޓްރިކްޓު އަނދައި އަޅިއަށް ވެއްޖެކަމަށް ރިޕޯޓްތައް ބުނެފިއެވެ. ގާތްގަނޑަކަށް 2 ޓަނުގެ ވޯހެޑު އުފުލޭ ކަމަށް ބެލެވޭ ސިއްޖީލު މިސައިލްގެ ސަބަބުން އިޒުރޭލުގެ ފައިނޭންޝަލް ޑިސްޓްރިކްޓުގެ އުސް އެތައް އިމާރާތެއްގައި އަލިފާން ރޯވެ، އަލިފާނާއި، ބޯ ދުން ރޭ ދަންވަރު އުޑުމަތިން ފެނުނުކަމަށް ބުނެވެއެވެ. ފުރަތަމަ ރިޕޯޓްތަކުން ދައްކާ ގޮތުގައި އެ ސަރަޙައްދަށް ސްޓްރަކްޗަރަލް ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، އޭގެ ފަހުން ކުއްލި ޙާލަތުގައި ދޭ ޚިދުމަތްތަކަށް ވެސް ވަނީ ބުރޫއަރާފައެވެ. ގެއްލުން ލިބުނު މިންވަރާއި، އަލިފާނުގެ ސަބަބުން އަސަރުކުރި މިންވަރު، އިޒުރޭލުން އެއްވެސް މަޢުލޫމާތެއް އަދި މިހާތަނަށް ހާމަކޮށްފައި ނުވާތީ ސާފެއް ނުވެއެވެ.  

Related News