ދިވެހި|English Aug 24, 2026 · 08:06
Top banner
Advertisement
އީރާނުން ހަމަލައެއް ނުދޭހާ ހިނދަކު ހަނގުރާމައަށް ނުވަންނާނަން: ސީރިއާ
World

އީރާނުން ހަމަލައެއް ނުދޭހާ ހިނދަކު ހަނގުރާމައަށް ނުވަންނާނަން: ސީރިއާ

ޟޟަމްރަތު އަހްމަދުApr 1, 2026
މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައިގައި އިރާނުގެ ހަމަލައެއް ސީދާ ސީރިއާއަށް އަމާޒު ނުވާހާ ހިނދަކު ހަނގުރާމައިގެ ތެރެއަށް ވަންނަން ބޭނުން ނުވާކަށް އެގައުމުގެ މިހާރުގެ ރައީސް އަލް ޝަރާ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ސީރިއާގައި 14 އަހަރު ވަންދެން ކުރި ހަނގުރާމަ އެގައުމަށް ފުދޭ ކަމަށެވެ. އެހެން ކަމުން އީރާނުން ސީދާ އެގައުމަށް ހަމަލާ ނުދޭހާ ހިނދަކު ހަނގުރާމައިގެތެރެއަށް ވަންނަން ބޭނުންނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ސީރިއާގެ ރައީސް އަހުމަދު އަލް ޝަރަޢު ވިދާޅުވީ ސީރިއާ އަށް ސީދާ ހަމަލާ ނުދޭހާ ހިނދަކު އެމެރިކާ އާއި އިޒްރޭލާއެކު އީރާނާ ދެކޮޅަށް ހަނގުރާމަކުރުމަކީ ބުއްދިވެރިކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެ ސަރަހައްދުގައި ހަމގުރާމަ ހިނގަމުންދާތާ މިހާރު މިވަނީ 31 ދުވަސް ވެފައެވެ. މިހާތަނަށް އީރާނުގެ މައްޗަށް އެމެރިކާ-އިޒްރޭލަކަށް ކުރިހޯދިފައެއް ނުވެއެވެ. އަދި ފަހުން ވެސް ލިބޭނޭ ކަމަށް ހަނގުރާމައިގެ ތަޖުރިބާކާރުން ނުދެކެއެވެ. އެމެރިކާއަށް އެންމެމޮޅު ގޮތަކީ އީރާނު ބަލި ނުކުރެވޭނޭކަން އިއުލާންކޮށް ބަލި ގަބޫލުކުރުން ކަމަށް ބައެއް މީހުންދަނީ ލަފާދެމުންނެވެ.

Related News