ދިވެހި|English Aug 24, 2026 · 08:06
Top banner
Advertisement
ކޮމާންޑަރުގެ ސުވާލެއް ހެގުސެތަށް: މަހާނަ ގައު ތައްޔާރު ކޮށްފީމުތަ؟
World

ކޮމާންޑަރުގެ ސުވާލެއް ހެގުސެތަށް: މަހާނަ ގައު ތައްޔާރު ކޮށްފީމުތަ؟

ޟޟަމްރަތު އަހްމަދުApr 3, 2026
ދުނިޔޭގެ ސުޕަރޕަވަރުގެ ގޮތުގައި ދަޢުވާ ކުރަމުން އަންނަ އެމެރިކާގެ ދިފާޢީ ވާޒީރު ޕީޓު ހެގްސެތު ނުދަންނަ މީހަކު މިހާރު މަދުވާނެތާއެވެ. ޚާއްސަކޮށް އިރާނާއެކު މިހާރު ސަލީބީ ގައުމުން ކުރަމުންދާ ހަނގުރާމައާ ބެހޭގޮތުން "ފެންނެތް ބޮޑެތިކާށި" ބިންނަން ޕޯޑިއަމަށް އަރަން ފެށުމުން މި ކާފަރުކަލޭގެ ކާފަރުކަން މިވަނީ މާބޮޑަށް އާންމުވެފައެވެ. އަމިއްލައަތުގައި "ބޮޑު ކާފަރު" މިހެންޖަހައިގެން ފަޚުރުވެރި ވަމުން އަންނަނިކޮށް އީރާނުން މިވަނީ ނުރައްކާތެރި ސުވާލެއްކޮށް އޭނާއަށް "އިންޒާރެއް" ދީފައެވެ. އީރާނުގެ އިންގިލާބީ ލަޝްކަރުގެ ވައިގެ ކޮމާންޑަރު ސައްޔިދު މާޖިދު މޫސަވީ ކޮށްފައިވާ ސުވާލު މިއޮތީއެވެ. މުސްލިމް ޤާއިދަކު ހަރުބީ ބޮޑުކާފަރަކާ ކުރަން އެންމެ ލާއިގު ސުވާލެވެ. "އޭ! މިހިރަ ކާފަރު ހެގްސެތާއެވެ. ކަލޭގެ އަމިއްލަ މަހާނަގައު ތައްޔާރުކޮށް ނިންމައިފީމުތަ؟" އީރާނުފަދަ ގައުމެއްގެ އަސްކަރިއްޔާގެ ކޮމާންޑަރަކު ކާފަރު ވަޒީރާ ކުރިމަތި މިކުރެއްވި ސުވާލުގެ ބިރުވެރިކަމުގެ ބޮޑުކަމާއެވެ. މިސުވާލު ކުރެއްވީ އަދި ހުންނަވާފައެއް ނޫނެވެ. ސުވާލުގެ ކުރިން އީރާނުންވަނީ ސަޢުދީޢަރަބިއްޔާގެ އަލްޚަރުޖު އަސްކަރީ ވައިގެ މަރުކަޒުގައި ފައިވިއްދައިގެންތިބޭ ސަލީބީ  ލަޝްކަރުގެ ސިފައިންނަށް ވަރުގަދަ ހަމަލާއެއްދީ އެތަން ބިމާހަމަކޮށްފައެވެ. ކާފަރުކަމުގެ ސިއްކަ އަމިއްލައަށް މުލައްދަނޑީގައި ޖަހައިގެން އުޅޭ ހެގްސެތަކީ އޭނާގެ ކާފަރުކަން އިންތިހާއަށް ފާޅުކޮށް އެކަމުގެ މައްޗަށް ކިބުރުވެރިކަމާއި ބޮޑާކަން އިސްކޮށް ދުނިޔެ ފަސާދަ ކުރުމުގައި އަވަދިނެތިވެ އުޅޭ ވަޒީރެކެވެ.  

Related News