ދިވެހި|English Aug 24, 2026 · 08:02
Top banner
Advertisement
ޕާކިސްތާނުން ބައެއް މުއައްސަސާތައް ވިއްކާލަނީ
World

ޕާކިސްތާނުން ބައެއް މުއައްސަސާތައް ވިއްކާލަނީ

އއިބްރާހީމްް ސަމީރުOct 3, 2024
ޕާކިސްތާނަށް ދިމާވެފައިވާ އިޤްތިޞާދީ ދަތިކަމުގެ މައްސަލާގައި ހުށަހަޅާފައިވާ އިސްލާޙީ ފިޔަވަޅުތަކުގައި މުއައްސަސާތަކަށް ބަދަލު ގެންނަން ނިންމައިފިއެވެ. އިސްލާމްއާބާދުން ހުށަހަޅާފައި ވަނީ ބައެއް މުއައްސަސާތައް އުވާލުމަށް ނޫނީ ބައެއް މުއައްސަސާތައް އަނެއް މުއައްސަސާތަކާ އެއްކޮށް ލުމަށެވެ. އާރީ ނިއުސްއިން ބުނެފައިވާ ގޮތުގައި ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ވަނީ އެކަން އެގޮތަށް ކުރިއަށް ގެންދިއުމަށް ޕްރައިވެޓައިޒޭޝަން މިނިސްޓްރީއަށް އިރުޝާދު ދެއްވާފައެވެ. އޭގެ އިތުރުން ޕާކިސްތާން ސްޓޯން ކޮމްޕެނީއާއި ޕާކިސްތާން އޮޓޮމޮބައިލް ކޯޕަރޭޝަންއާއި ޕާކިސްތާން އިންސްޓިއުޓް އޮފް މެނޭޖުމަންޓު އަމިއްލަ ފަރާތްތަކަށް ވިއްކާލުމަށް ވެސް ވަނީ އިރުޝާދު ދެއްވާފައެވެ. މިނޫން އެހެން އެތައް އިދާތަކެއްވެސް ވިއްކާލާ ލިސްޓުގައި ހިމެނެއެވެ. ޕާކސްތާން އިންޓަރނޭޝަނަލް އެއާލައިން ޕީއައިއޭ އަކީވެސް ވިއްކާލުމަށް ނިންމައި އިއުލާން ކޮށްފައިވާ ކުންފުންޏެކެވެ. އެކުންފުނި ގަންނަ ފަރާތަކުން ކުންފުނީގެ ދަރަންޏަށް ޒިންމާ ވާން ޖެހޭތީ އެކަން އަދި ކުރިއަށް ނުގޮސް މަޑު ޖެހިފައި ވަނީ އެވެ.

Related News