ދިވެހި|English Aug 24, 2026 · 09:34
Top banner
Advertisement
އިސްރާއީލުން ލުބްނާނާއާއެކު ސީދާ މަޝްވަރާތައް ފަށަނީ
World

އިސްރާއީލުން ލުބްނާނާއާއެކު ސީދާ މަޝްވަރާތައް ފަށަނީ

ޟޟަމްރަތު އަހްމަދުApr 10, 2026
ލުބުނާނުގެ ހިޒްބުﷲ އާއެކު ސީދާ މަޝްވަރަތައް ވީހާވެސް އަވަހަކަށް ފެށުމަށް ކެބިނެޓަށް އަންގަވައިފި ކަމަށް އިޒާރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ. އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އިޒްރޭލާ އެކު ސީދާ މަޝްވަރާތައް ފެށުމަށް ލުބްނާނުން ތަކުރާރުކޮށް އެދެމުންދާ ކަމަށެވެ. އެފަދަ ފުރުސަތެއްގައި ވީހާވެސް އަވަހަކަށް ލުބްނާނާ އެކު ސީދާ މަޝްވަރާތައް ފެށުމަށް ކެބިނެޓަށް އަންގަވާފައިވާނޭ ކަމަށެވެ. ނަތަންޔާހޫ ވިދާޅުވީ މި މަޝްވަރާތަކުގެ މައިގަނޑު މަގްސަދަކީ ހިޒްބުالله  އިން ބޭނުންކުރަމުންދާ ހަތިޔާރު ނައްތާލައި، އިޒްރޭލާއި ލުބްނާނާ ދެމެދު ސުލްހަ ގާއިމް ކުރުން ކަމަށެވެ. އޭގެ އިތުރުން ބެއިރޫތުން މިލިޓަރީ ފައުޖުތައް ބޭލުމަށް އެދި ލުބްނާނުގެ ބޮޑުވަޒީރު ގޮވާލެއްވި ގޮވާލުމަށް، އިސްރާއީލުން މަރުހަބާ ކިޔާ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވެފައެވެ. އެހެންނަމަވެސް ލުބްނާނުގެ ރައީސް ޖޯސެފް އައޫންގެ އޮފީހުން ސީއެންއެން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ނަތަންޔާހޫގެ މި ބަޔާނާ ބެހޭގޮތުން އިތުރަށް ސާފުކުރުމަށް މަސައްކަތް ކުރެއްވުމުން ނަތައްޔާހީގެ ފަރާތުން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާކަމަށެވެ.  

Related News