ދިވެހި|English Jul 10, 2026 · 02:19
Top banner
Advertisement
ޕާކިސްތާން އުންމީދު ކުރަނީ ސުލްްހައިގެ އެއްބަސްވުމަަކަށް
World

ޕާކިސްތާން އުންމީދު ކުރަނީ ސުލްްހައިގެ އެއްބަސްވުމަަކަށް

ޟޟަމްރަތު އަހްމަދުApr 11, 2026
އީރާނާއި އެމެރިކާއާ ދެމެދު ބާއްވާ ސުލްހައިގެ މަޝްވަރާތައް މާދަމަ ފަށާނެއެވެ. މަޝްވަރާތައް ބާއްވާނީ ޕާކިސްތާނުގެ އިސްލާމްއާބާދުގައެވެ. ޕާކިސްޓަން މެދުވެރިއެއްގެ ދައުރު އަދާކުރާ މި މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނެރެދިނުމަށް ޕާކިސްތާނުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މި މަޝްވަރާތައް ކާމިބުކޮށް ހަގީގީގަތުވެސް ރަނގަޅު ނަތީޖާއެއް ނެރެދިނުމަށް ޕާކިސްތާނުގެ މަސްއޫލުވެރިން ގެންދަވަނީ ދެ ގައުމަށްވެސް ބަލައިގަނެވޭނޭ ފަދަ އެއްގޮތް ނުކުތާތަކެއް ފާހަގަކޮށްދީ ދެ ގައުމަށް ވެސް މަގުފަހި ކޮށްދިނުމަށް މަސައްކަތް ކުރަމުނެވެ. މި މަޝްވަރާތަކުގައި އެމެރިކާއިން ބައިވެރިވާ ވަފުދުގެ ވެރިޔާ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް މިހާރުވަނީ އިސްލާމްއާބާދަށް ވަޑައިގެންނެވުމަށް ވޮޝިންޓަނުން ފުރާވަޑައިގެންފައެވެ. ފުރާވަޑައިގެންނެވުމުގެ ކުރީންއޭނާ ވަނީ މަޝްވަރާއިން ރަނގަޅު ނަތީޖާއެއް ނެރެވޭނޭ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މަޝްވަރާއާ ބެހޭ ރަނގަޅު ގައިޑުލައިނެއް ރައީސް ޓްރަމްޕް ދެއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މަޝްވަރާތަކުގައި އީރާނުން ބައިވެރިވާ މަންދޫބުން ރަސްމީކޮށް އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އެހެންނަމަވެސް އީރާނުގެ ވަފުދުގެ އިސްކޮށް ތިއްބަވާނީ ފޮރިން މިނިސްޓަރު ޢައްބާސް އަރާޤްޗީއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފެވެ. މި މަޝްވަރާތައް  މި ބާއްވަނީ އީރާނާ ދެކޮޅަށް އިޒްރޭލާއި އެމެރިކާއިން އިސްވެ ހަނގުރާމަ ފެށިތާ ހަ ހަފުތާ ފަހުންނެވެ. މި ހަނގުރާމައިގައި އީރާނުގެ އޭރުގެ އެންމެމަތީ ލީޑަރު އަލީ ޚާމަނާއީ ވަނީ ޝަހީދުވެފައެވެ. ތަޖުރިބާކާރުން ބުނަނީ މާދަމާ ފަށާ މަޝްވަރާއިން ބޮޑު ކުރިއެރުމެއް ލިބޭނޭ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ. ޕާކިސްތާނުން އުންމީދު ކުރަނީ ސުލްހައިގެ އެއްބަސްވުމެއް ގާއިމް ކުރެވޭ ވަރަށް މަޝްވަރާއިން ކުރިއެރުން ލިބޭނޭ ކަމަށެވެ. "ޕާކިސްތާނުން ވަނީ އީރާނާއި، އެމެރިކާ އެއްތަން ކޮށްދީފައި. އަހަރެމެން އެ މީހުންނާއެކު އެއް މޭޒެއްގެ ދޮށުގައި ތިބެގެން މެދުވެރިއެއްގެ ދައުރު އަދާކޮށްދޭނަން. ދެން އޮތީ އެ ދެ ފަރާތުން މަޝްވަރާކޮށް ސުލްހަ ގާއިމްކުރުން،" އދ، އަށް ޕާކިސްތާނުން ކަނޑައަޅާފައި ހުންނަވާ ކުރީގެ ސަފީރު ޒާމިރު އަކްރަމް އަލްޖަޒީރާ މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ.

Related News