ދިވެހި|English Jul 10, 2026 · 01:39
Top banner
Advertisement
މަޝްވަރާ ނާކާމިޔާބު ވުމަކީ ހިތާމަހުރި ކަމެއް: ވޮންގް
World

މަޝްވަރާ ނާކާމިޔާބު ވުމަކީ ހިތާމަހުރި ކަމެއް: ވޮންގް

ޟޟަމްރަތު އަހްމަދުApr 12, 2026
އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވުމަކީ ހިތާމަހުރި ކަމެއް ކަމަށް އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ މުހިންމީ ހަނގުރާމައެއްނޫން ކަމަށެވެ. އެންމެ މުހިންމު ކަމަކީ ހަނގުރާމަ ހަނގުރާމަ ހުއްޓާލުމަށް ފަހު މަޝްވަރާއަށް ރުޖޫއަވުން ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ބޭނުންވަނީ މި މައްސަލައަށް އަވަސް ހައްލެއް ހޯދުން،" އޭނާ ވިދާޅުވިއެވެ. ހަނގުރާމައިގެ ސަބަބުން ހަމަނުޖެހުން އިތުރުވެ ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ދުނިޔޭގެ އިގުތިސާދަށް ނޭދެވޭ އަސަރު ކޮށް މުޅިދުނިޔޭގެ އިގްތިސާދު އިނދަޖެހިދާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މަޝްވަރާއާ ބެހޭ ގޮތުން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ އިތުބާރު ނެތް މާހައުލެއްގައި ކަމަށެވެ. މިހެން ބާއްވާ އެއް ދަންފަޅީގެ މަޝްވަރާއަކުން އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ގަބޫލު ކުރުމަކީ މުސްތަހީލު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އީރާނާއި ޕާކިސްތާނާއި ސަރަހައްދީ އެހެން ގައުމުތަކާ އޮންނަ ގުޅުންތަކާ ބެހޭގޮތުން  މަޝްވަރާތައް  ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.  

Related News