ދިވެހި|English Aug 24, 2026 · 09:42
Top banner
Advertisement
މައިން ސާފުކުރާ އުޅަނދުފަހަރު އިނގިރޭސީން، ހޮރުމުޒު ކަނޑުއޮޅިއަށް ފޮނުވަނީ
World

މައިން ސާފުކުރާ އުޅަނދުފަހަރު އިނގިރޭސީން، ހޮރުމުޒު ކަނޑުއޮޅިއަށް ފޮނުވަނީ

އއަހުމަދު މުހައްމަދުApr 13, 2026
އިނގިރޭސިވިލާތާއި އެކުވެރި ބައެއް އެހެން ގައުމުތަކުން ހޮރްމުޒު ކަނޑުއޮޅިއަށް މައިންސާފުކުރާ އުޅަނދު ފަހަރު ފޮނުވާނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ފޮކްސް ނިއުސްއަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އިނގިރޭސިވިލާތާއި އެހެން ބައެއް ގައުމުތަކުން އެސަރަހައްދަށް އެފަދަ އުޅަނދު ފަހަރު ފޮނުވާނޭ ކަމަށެވެ. އެހެންނަމަވެސް އިނގިރޭސިވިލާތް ފިޔަވައި އެހެން ގައުމެއްގެ ނަމެއް އޭނާ ވިދާޅެއް ނުވެއެވެ. އެމެރިކާ އަސްކަރިއްޔާގެ ސެންޓްކޮމް އިން ހޮނިހިރު ދުވަހު ބުނީ މައިންތައް ސާފުކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އީރާނަށް އެކަން ނުކުރެވިގެންއުޅެނީ އެ މައިންތައް ހުރިތަން އީރާނަށް ނޭނގިގެން ކަމަށް ބުނެ ނިއުޔޯޓް ޓައިމްސްއިން ވަނީ އީރާނަށް މަލާމާތް ކޮށްފައެވެ. "އެހެންވެ އަޅުގަނޑަށް ވިސްނޭ ގޮތުގައިއިނގިރޭސިވިލާތާއި އެހެން ދެތިން ގައުމަކުން މައިން ސްވީޕަރުން ފޮނުވަމުންދާނެ،" ޓްރަމްޕު ވިދާޅުވިއެވެ.

Related News