ދިވެހި|English Aug 24, 2026 · 09:43
Top banner
Advertisement
އައިސީއާރުސީ އެހީގެ ފުރަތަމަ ޝިޕްމެންޓް އީރާނަށް
World

އައިސީއާރުސީ އެހީގެ ފުރަތަމަ ޝިޕްމެންޓް އީރާނަށް

ޟޟަމްރަތު އަހްމަދުApr 15, 2026
އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތައް ފެށުނު ފަހުން އައިސީއާރުސީން އީރާނަށް ފުރަތަމަ ފަހަރަށް އެހީ ފޯރުކޮށްދީފިއެވެ. އެތަނުންވަނީ އީރާނަށް 14 ޓްރަކްގެ އެހީގެ ސާމާނު ފޮނނުވައިފައެވެ. އޭގެ ތެރޭގައި 25،000 މީހުންނަށް ބޭނުންވާވަރަށް ގޭތެރޭގެ ސާމާނާއި އެހެނިގެން ޒަރޫރީ ސާމާނުތައް ވެސް ހިމެނޭ ކަމަށް އިރުނާއިން ބުނެފައިވެއެވެ. އޭގެ ތެރޭގައި ރަޖާ، ފެން، ކައްކާ ކައިބޯ ހެދުމަށް ބޭނުންކުރާ ސާމާނު، ސާފުތާހިރުވުމަށް ބޭނުންވާ ސާމާނު ހިމެނެއެވެ. އަދި ސޯލާ އިން ދިއްލޭ ބައްތިއާއި، ބާލިދީއާއި އެނދުވެސް ހިމެނެއެވެ. މި އެހީގެ ފުރަތަމަ ޝިޕްމެންޓު ވަނީ އީރާނުގެ ރެޑް ކްރެސެންޓާ ހަވާލު ކޮށްފައެވެ. އިތުރު ނުވަ ޓްރަކް މި ހަފުތާ ނިމުމުގެ ކުރިން ރެޑް ކްރެސެންޓާ ހަވާލު ކުރާނެއެވެ. މީގެ އިތުރުން 200 ޖަނަރޭޓަރާއި 100 ފެން ޕަމްޕު އީރާނުގެ ރެޑް ކްރެސެންޓް ސޮސައިޓީއަށް ހަދިޔާ ކޮށްފައިވެއެވެ. އައި.ސީ.އާރް.ސީން ދަނީ ބޭހާއި އެހެނިހެން މުހިންމު އެހީތައް އީރާނަށް ފޮނުވަން ތައްޔާރުވަމުންނެވެ. އީރާނުގައި ހުންނަ އައިސީއާރްސީގެ ވަފުދުގެ ވެރިޔާ ވިންސެންޓް ކެސާޑް ވިދާޅުވީ، މި އެހީގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

Related News