ދިވެހި|English Aug 24, 2026 · 08:46
Top banner
Advertisement
ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަކީ ޗައިނާ އުފާކުރާ ކަމެއް: ޓްރަމްޕް
World

ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަކީ ޗައިނާ އުފާކުރާ ކަމެއް: ޓްރަމްޕް

އއަހުމަދު މުހައްމަދުApr 16, 2026
ޗައިނާ އާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރަމުން  އަންނަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެއެވެ. ޓްރަމްޕާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ ދެ ގައުމު ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމުގެ ވާހަކަވެސް ދެކެވޭ ކަމަށެވެ. އެތަން ހުޅުވުމަކީ ޗައިނާއިން ވެސް އުފާކުރާ ކަމެއް ކަމަށް ޓްރަމްޕާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ. "ހޮރްމޫޒް ކަނޑުއޮޅި ދާއިމީކޮށް ހުޅުވުމަކީ ޗައިނާ އަށް ލިބޭ ވަރަށްބޮޑު އުފަލެއް. ޗައިނާއަށް ވެސް އަދި މުޅި ދުނިޔެއަށްޓަކައި އަހަރެން މިކުރަނީ އެމަސައްކަތް،" ޓްރަމްޕް ވިދާޅުވެފައިވެއެވެ. އޭނާ އެމަސައްކަތް ކުރައްވަނީ ދެން ދުވަހަކުވެސް މިފަދަ ހާލަތެއް ދުނިޔެއަށް ކުރިމަތިނުވާނޭ ގޮތަކަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.  

Related News