ދިވެހި|English Aug 24, 2026 · 09:41
Top banner
Advertisement
ލުބުނާނުން މަރުވި މީހުންގެ އަދަދު ދެހާހުން މަތީގައި
World

ލުބުނާނުން މަރުވި މީހުންގެ އަދަދު ދެހާހުން މަތީގައި

އއަހުމަދު މުހައްމަދުApr 16, 2026
ޔަހޫދީ އިޒްރޭލުން ލުބްނާނަށް ދެމުންގެންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 2،167 އަށް އަރައިފިއެވެ. އެގައުގެ ހެލްތު މިނިސްޓްރީން ބުނީ މިއީ މިދިޔަ މާޗު މަހުގެ ދެވަނަ ދުވަހުން ފެށިގެން އިޒްރޭލުން ލުބްނާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ކަމަށެވެ. އެ މުއްދަތުގައި ޒަޚަމްވެފައިވަނީ 7،061 މީހުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. މިއީ ޔަގީންވާ އަދަދު ކަމަށްވިޔަސް މިއަށްވު ގިނަ މީހުން މަރުވެފައިވުމަކީ އެކަށީގެންވާ ކަމެކެވެ. އިޒްރޭލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ދުނިޔޭގެ އެކިގައުމުތަކުންދަނީ ގޮވާލަމުންނެވެ. އެހެންނަމަވެސް އިޒްރޭލަށް މީގެ އަޑެއް އިވޭކަމަށް ނުވެއެވެ.

Related News