ދިވެހި|English Jul 10, 2026 · 01:38
Top banner
Advertisement
ޓްރަމްޕްގެ ދޮގު ވާހަކަތަކުން ނެރެވޭނޭ ނަތީޖާއެއް ނެތް: ޣަލިބާފް
World

ޓްރަމްޕްގެ ދޮގު ވާހަކަތަކުން ނެރެވޭނޭ ނަތީޖާއެއް ނެތް: ޣަލިބާފް

އއަހުމަދު މުހައްމަދުApr 18, 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދައްކަވާ ދޮގުވާހަކަތަކުން ނެރެވޭނޭ އެއްވެސް ނަތީޖާއެއްނެތް ކަމަށް އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވެފައިވަނީ މިހާތަނަށް ވެސް ޓްރަމްޕް ވަނީ އެތައް ދޮގެއް ހަދާފައި ކަމަށާއި، ހަނގުރާމައިގެ ދުވަސްވަރުގައްޔާއި، ސުލްހައިގެ މަޝްވަރާތައް ހިނގަމުންދިޔައިރު ވެސް ޓްރަމްޕް ދިޔައީ ދޮގުވާހަކަ ފަތުރަމުންން ކަމަށް އޭނާ ވިދާޅުވިއެވެ. ދޮގު ވާހަކަތަކެއްގެ ތެރެއިން ބެރެވޭނޭ ނަތީޖާ ނޯންނާނޭ ކަމަށް މުޙައްމަދު ބާޤިރު ޣަލިބާފް ވިދާޅުވިއެވެ. "އެމެރިކާގެ ރައީސް އެއް ގަޑިއިރުގެ ތެރޭގައި ހަތް ދައުވާއެއް ކުރިއިރު، އެ ހުރިހާ ދައުވާއަކީ ވެސް ދޮގު ވާހަކަތަކެއް،" އެކްސްގައި ޣަލިބާފް ވިދާޅުވެފައިވެއެވެ. "މި ދޮގުތަކާއެކު އެމީހުންނަށް ހަނގުރާމައިގައި ކާމިޔާބު ނުލިބުނު އަދި ހަމަ ޔަގީނުންވެސް މަޝްވަރާތަކުގައި އެމީހުންނަށް އެއްވެސް ނަތީޖާއެއް ނުލިބޭނެ،" އޭނާ ވިދާޅުވެފައިވަނީ އެމެރިކާގެ ހީސާރުގެ ކުރުމުގެ ސަބަބުން ސްޓްރެއިޓް އޮފް ހޮރްމުޒް ނުހުޅުވޭނޭ ކަމަށެވެ. "ބްލޮކޭޑް ކުރިއަށް ގެންދިއުމަކުން ނޫން ސްޓްރޭޓް އޮފް ހޮރްމުޒް ހުޅުވިފައިއޮތީ،" އޭނާ ވިދާޅުވިއެވެ. ސްޓްރޭޓް ހުޅުވުން ނުވަތަ ބަންދުކުރުން  ކަނޑައަޅާނީ ސޯޝަލް މީޑިއާގައި ޓްރަމްޕް ނޫންކަމަށާއި އެކަން ކުރާނީ އެކަމަށް ޚާއްސަ އިދާރާއިން ކަމަށެވެ. ޣަލިބާފް ވިދާޅުވީ މީޑިއާ ހަނގުރާމަތަކާއި އާންމު ޚިޔާލު ބައްޓަންކުރުމަކީ މިޒަމާނުގެ ހަމަނުޖެހުންތަކުގެ މުހިންމު ބައިތަކެއް ކަމަށެވެ. އެހެންނަމަވެސް މިފަދަ ތާކުންތާކު ނުޖެހޭ ވާހަކަތަކުގެ ނުފޫޒުތައް އީރާނަށް ނުފޯރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ ވެސް ދާދި ފަހުން ވިދާޅުވެފައިވަނީ "މުއާމަލާތްތަކުގެ ހަގީގީ އަދި ޞައްޙަ ޚަބަރު" ހޯދުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ހުކުރު ދުވަހު ޓީވީން ދެއްވި އިންޓަވިއުއެއްގައި ބަޣާއީ ވަނީ "އީރާނުގެ މުއްސަނދި ތަކެތި އެމެރިކާއަށް ބަދަލުކުރުމަކީ ދުވަހަކުވެސް އޮޕްޝަނެއްގެ ގޮތުގައި އުފުލާފައިވާ ކަމެއް ނޫން" ކަމަށް ވިދާޅުވެފައެވެ. އޭނާ އިތުރަށް ވިދާޅުވީ ހުރްމުޒާ ގުޅޭ ނިންމުންތައް "ދާއިރާގައި ކަނޑައަޅާފައިވާ" ކަމަށާއި، އީރާނަކީ "ބްލޮކޭޑް އަށް ފަސޭހަ ނުވާ" ކަމަށް ބާރުއަޅުއްވާ ކަމަށެވެ.

Related News