ދިވެހި|English Jul 9, 2026 · 16:42
Top banner
Advertisement
އެސްއޯއީ ތަކުގެ މުވައްޒަފުން މަދުކުރަން އަންގައިފި
Uncategorized

އެސްއޯއީ ތަކުގެ މުވައްޒަފުން މަދުކުރަން އަންގައިފި

މމުހައްމަދު އަލީApr 19, 2026
އެސްއޯއީ ތަކުގެ މުވައްޒަފުންގެ 33 އިންސައްތަ މަދުކުރަން ފިނޭންސް މިނިސްޓްރީން ޕީސީބީއަށް އަންގައިފިއެވެ. އެމިނިސްޓްރީން ޕީސީބީއަށް މިކަން އެންގީ އެތަނުގެ ރައީސަށް ފޮނުވި ސިޓީއަކުންނެވެ. މީގެ ކުރީން ޕީސީބީން ވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ އިރުޝާދު އެސްއޯއީތަކަށް ފޮނުވި ސާކިއުލަރއެއް މެދުވެރިކޮށް ދީފައެވެ. ޕީސީބީން ބުނެފައިވަނީ ރަސްމީ ގަޑިތަކުގައި މަސައްކަތްތައް ނިންމުމާއި، އިތުރު މުވައްޒަފުންތައް ނުނެގުމާއި. މުސާރައާއި އިނާޔަތްތައް ކޮންޓްރޯލް ކުރުމާއި، އިތުރުގަޑީގެ އެލަވަންސް ކޮންޓްރޯލް ކުރުމާއި ކޮންމެހެން ބާއްވަންޖެހޭ ހަރަކާތެއް ނޫނީ ނުބޭއްވުމަށެވެ. ސަރުކާރުން މިފިޔަވަޅުތައް އަޅުއްވަން ފެށްޓެވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޚަރަދު ކުޑަކުރުމުގެ ގޮތުންނެވެ.

Related News