ދިވެހި|English Jul 10, 2026 · 01:38
Top banner
Advertisement
ހޮރްމޫޒް ކަނޑުއޮޅިން ދެ ބޯޓެއް އަތުލައިގެންފި
World

ހޮރްމޫޒް ކަނޑުއޮޅިން ދެ ބޯޓެއް އަތުލައިގެންފި

އއަހުމަދު މުހައްމަދުApr 23, 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ދެ ބޯޓެއް އަތުލައިގަނެ އީރާނުގެ ކަނޑުގެ ސަރަހައްދަށް ގެންގޮސްފި ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފިއެވެ. އީރާނުގެ ރަސްމީ ޓީވީ (އައިއާރްއައިބީ) އިން ބުނެފައިވަނީ އެ ބޯޓުތައް އަތުކައިގަތީ ބުދަދުވަހު ކަމަށެވެ. އެކަން އެގޮތަށްކުރީ އެ ނަގަންޖެހޭ ހުއްދަ ނުނަގައި ދަތުރުކުރުމް ކަމަށް ގައުމީ ޓީވީން ބުނެފައިވެއެވެ. އީރާނުގެ ބައެއް މީޑިއަމް ތަކުން ބުނެފައިވަނީ އީރާނުގެ އައްސޭރި ފަށުން ދަތުރު ކުރަމުންދިޔަ ތިންވަނަ ބޯޓަކަށް ވެސް އީރާނު ސިފައިން ހަމަލާދީފައިވާ ކަމަށެވެ. އެއީ ގްރީސްގެ ބޯޓެއް ކަމަށްވެސް ބުނެފައިވެއެވެ. އަނެއް ދެބޯޓަކީ ޔޫކޭއަށް ނިސްބަތްވާ ދެކޯޓު ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.  

Related News