ދިވެހި|English Jul 10, 2026 · 01:39
Top banner
Advertisement
އިޒްރޭލުގެ ހަމަލާ ތަކުގައި ލުބުނާނުން ހަތަރު މީހަކު ޝަހީދުވެއްޖެ
World

އިޒްރޭލުގެ ހަމަލާ ތަކުގައި ލުބުނާނުން ހަތަރު މީހަކު ޝަހީދުވެއްޖެ

އއަހުމަދު މުހައްމަދުApr 23, 2026
ލުބްނާނުގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށް ޔަހޫދީ ދައުކަތުގެ ސިފައިން ދިން އުދުވާނީ ހަމަލާތަކުގައި ހަތަރު މީހަކު ޝަހީދު ވެއްޖެއެވެ. ލުބްނާނުގެ ނޭޝަނަލް ނިއުސް އޭޖެންސީ (އެންއެންއޭ) އިން ބުނީ އިޒްރޭލުން ދިން ޑްރޯން ހަމަލާއެއްގައި އެ މީހުން ޝަހީދު ވުމުގެ އިތުރުން އިތުރު ބަޔަކު ވަނީ ޒަޚަމް ވެފައި ކަމަށެވެ. ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޯޓުތަކުން ފެންނަ ގޮތުގައި އިޒްރޭލުގެ ސިފައިންގެ މިހަމަލާގެ ސަބަބުން ކުކަންތާރާ ޓައުންގެ އުދަރެހުން ފެންނަމުންދިޔައީ މުށި ކުލައިގެ ދުންތަކެކެވެ. އީރާނުން އިޒްރޭލަށާއި އެމެރިކާއަށް ގޮވާލަމުންދަނީ އިޒްރޭލުން ލުބުނާނަށް ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށެވެ. އެހެންނަމަވެސް އިޒްރޭލުން ގެންދަނީ މިއަށް އިޖާބަނުދީ އެމީހުން ހިތަށްއެރި ގޮތަކަށް ހަމަލާދެމުންނެވެ.

Related News