ދިވެހި|English Aug 24, 2026 · 08:06
Top banner
Advertisement
އިންޑިއާއަކީ ޑިޖިޓަލް ޓެކްނޮލޮޖީގައި ކުރީގައި އުޅޭ ޤައުމެއް
World

އިންޑިއާއަކީ ޑިޖިޓަލް ޓެކްނޮލޮޖީގައި ކުރީގައި އުޅޭ ޤައުމެއް

އއިބްރާހީމްް ސަމީރުOct 4, 2024
އިންޑިއާއިން ވިސްނުންތެރިކަމާއެކު ފައިނޭންޝަލް ޓެކްނޮލޮޖީ ތަޢާރަފް ކުރުމާއެކު މިދިޔަ މަދު އަހަރުތަކުގެ ތެރޭގައި މާލީ ދާއިރާއަށް އިންގިލާބީ ބަދަލެއް އައިސްފައިވާކަން ފާހަގަ ވެއެވެ. އާސްކް ކެޕިޓަލްއިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އިންޑިއާ ސަރުކާރުން މުހިންމު ޑިޖިޓަލް އިނިޝިއޭޓިވްތަކެއް ތައާރަފް ކޮށްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ރަށްފުށުގެ ހިސާބުތަކަށް އިންޓަރނެޓް ފޭދިގެން ދިއުމާއި އަގުހެޔޮ 4ޖީ އަދި 5ޖީގެ ޚިދުމަތް ލިބުމުން ޑިޖިޓަލް ވަސީލަތްތައް އާންމުން އަތްފޯރާ ފަށަށް އައިސްފައިވާ ކަމަށެވެ. އިންޑިއާ، 2028 ވަނަ އަހަރު 1 ޓްރިލިއަން ޑޮލަރުގެ ޑިޖިޓަލް އިގްތިސާދަކަށް ވެގެންދާނެ ކަމަށްވެސް އާސްކް ކެޕިޓަލްގެ ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ. އިންޑިއާއިން ގެނެސްފައިވާ ބަދަލުގެ ސަބަބުން ފައިސާއާ ނުލައި ވިޔަފާރި މުއާމަލާތުތައް ހިންގުމަށް މިހާރު ވަނީ ފަސޭހަވެފައެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އިޤްތިޞާދުގައި ދައުރުވާ ފައިސާގެ ބޮޑު ބަޔަކީ މާލީ ނިޒާމާއި ބެންކިންގެ ނިޒާމުގެ ތެރޭން ދައުރުވާ ފައިސާއެވެ. އިންޑިއަން ކައުންސިލް ފޯ ރިސާޗް އޮން އިންޓަނޭޝަނަލް އިކޮނޮމިކް ރިލޭޝަންސް (އައިސީއާރުއައިއީއާރު) އިން ބުނާ ގޮތުގައި ޑިޖިޓަލްގެ ދާއިރާގައި އިންޑިއާއިން ހޯދާފައިވާ ކާމިޔާބީތަކާއެކު މިހާރު އިންޑިއާއަކީ، ޖަޕާނާއި އިނގިރޭސިވިލާތް އަދި ޖަރުމަނުވިލާތް ފަދަ ތަރައްގީވެފައިވާ ގައުމުތަކަށް ވުރެ އެ ރޮނގުން މަތީގައި އުޅޭ ޤައުމެކެވެ. އިންޑިއާގައި ދައްޗަކާ ނުލައި މޮބައިލުން ކޮންމެ ޚިދުމަތަކާއި ވިޔަފާރިއަކަށްވެސް ފައިސާ ދެއްކޭނެއެވެ.

Related News