ދިވެހި|English Jul 9, 2026 · 16:02
Top banner
Advertisement
އައްބާސް އަރަގްޗީ ބަރުޒާނީއާ މަޝްވަރާ ކުރައްވައިފި
World

އައްބާސް އަރަގްޗީ ބަރުޒާނީއާ މަޝްވަރާ ކުރައްވައިފި

އއަހުމަދު މުހައްމަދުApr 25, 2026
އިރާގުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އާއި އިރާގުގެ ކުރުދިސްތާން ސަރަހައްދުގެ ރައީސް ނެޗިރްވާން ބަރްޒާނީއާ ދެމެދު މަޝްވަރާތަކެއް ކުރައްވައިފިއެވެ. ފޯނުން ކުރިއަށް ގެންދެވި މިމަޝްވަރާތަކުގައި ދެބޭފުޅުންވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާމެދު މަޝްވަރާ ކުރައްވައިފައެވެ. އަދި ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސް ކަމާބެހޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވައިފައެވެ. މި މަޝްވަރާގައި އަރަގްޗީ ވަނީ މިދިޔަ މާރިޗް މަހުގެ ފަހުކޮޅު ބަރްޒާނީގެ ގެކޮޅަށް ދިން ޓެރަރިސްޓް ޑްރޯން ހަމަލާ ކުށްވެރި ކުރައްވައިފައެވެ. އަދި ބަރުޒާނީއަށް ފުރިހަމަ ސިއްހަތެއްގައި ލެހެއްޓެވުމަށް އެދޭކަމަށްވަނީ ވިދާޅުވެފައެވެ.  

Related News