ދިވެހި|English Jul 9, 2026 · 16:02
Top banner
Advertisement
އީރާނުގެ ފޮރިން މިނިސްޓަރު ތިންގައުމަކަށް ވަޑައިގަންނަވަނީ
World

އީރާނުގެ ފޮރިން މިނިސްޓަރު ތިންގައުމަކަށް ވަޑައިގަންނަވަނީ

އއަހުމަދު މުހައްމަދުApr 25, 2026
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ތިން ގައުމަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީ (އިރްނާ) އިން ބުނެފިއެވެ. އޭނާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނަށާއި، އޮމާނަށާއި، ރަޝިޔާއަށެވެ. އޭނާގެ އަރިހުގައި އީރާނުގެ އިސްވަފުދެއް ބައިވެރިވާނޭ ކަމަށްވެސް އިރްނާއިން ވަނީ ބުނެފައެވެ. އޭނާގެ ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ކަމަށްވެސް ރިޕޯޓު ކޮށްފައިވެއެވެ. މި ދަތުރުފުޅުގައި މި ގައުމުތަކުގެ އިސްވެރީންނާ ބައްދަލު ކުރައްވައި ސަރަހައްދުގެ މިހާރުގެ ހާލަތާއި، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތު އެބޭފުޅުންނަށް ދެއްވައި މަޝްވަރާ ކުރައްވާނޭ ކަމަށްވެސް އިރްނާއިން ވަނީ ބުނެފައެވެ.  

Related News