ދިވެހި|English Aug 24, 2026 · 08:44
Top banner
Advertisement
އިނގިރޭސި ބޮޑުވަޒީރުގެ އޮފީސް ކުރިމަތީގައި އެމެރިކާއާ ދެކޮޅަށް މުޒާހަރާ ކޮށްފި
World

އިނގިރޭސި ބޮޑުވަޒީރުގެ އޮފީސް ކުރިމަތީގައި އެމެރިކާއާ ދެކޮޅަށް މުޒާހަރާ ކޮށްފި

ޟޟަމްރަތު އަހްމަދުApr 25, 2026
އެމެރިކާ އިން އީރާނަށް ދޭ އަސްކަރީ އިންޒާރުތައް ކުށްވެރިކޮށް ލަންޑަނުގެ މަގުތަކަށް އެއްވެ ހަނގުރާމައާ ދެކޮޅު އެކްޓިވިސްޓުންނާއި އެކަމާ ކަންބޮޑުވާ މީހުން އިހުތިޖާޖު ކޮށްފިއެވެ. މި އިހްތިޖާޖުގައި އީރާނުގެ މަދަނީ އެކްޓިވިސްޓުންނާއި، ހަނގުރާމައާ ދެކޮޅު ޖަމާއަތްތަކާއި، އިޖްތިމާޢީ އެކި ފަންތީގެ މީހުން ވަނީ އީރާނުގެ ސަރުކާރަށް ތާއިދުކޮށް އެމެރިކާއާ ދެކޮޅު އަޑުއުފުލައިފައެވެ. މި މުޒާހަރާގެ ބައިވެރިން އެއްވެ މުޒާހަރާ ކޮށްފައިވަނީ އިނގިރޭސި ބޮޑުވަޒީރުގެ އޮފީސް ކުރިމަތީގައެވެ. މުޒާހަރާގެ ބައިވެރިން މުޒާހަރާކާ ކުރަމުންދިޔައީ އީރާނުގެ ދިދަތައް ހިފައިގެން ތިބެއެވެ. އަދި އެމެރިކާ އާއި އިޒްރޭލުން އީރާނުގެ ސްކޫލަކަށް ދިން ހަމަލާގައި ޝަހީދުވި 168 ކުދިންގެ ފޮޓޯ ވެސް އެމީހުން ގެންގުޅުނެވެ. މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ އެމެރިކާ އާއި އިޒްރޭލުގެ ސަރުކާރުން ހިންގަމުންދާ ހަމަލާތަކަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ކަމަށެވެ. އެހެން ކަމުން އީރާނާ ދެކޮޅަށް އެމެރިކާ-އިޒްރޭލް ހިންގާ އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށް ބައިވެރިން ވަނީ ގޮވާލާފައެވެ.

Related News