ދިވެހި|English Jul 9, 2026 · 16:03
Top banner
Advertisement
އަރަގްޗީ ޕާކިސްތާނުން ފުރާވަޑައިގެންފި
World

އަރަގްޗީ ޕާކިސްތާނުން ފުރާވަޑައިގެންފި

އއަހުމަދު މުހައްމަދުApr 26, 2026
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި ޕާކިސްތާނުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރެއްވުމަށް ފަހު އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އިސްލާމްއާބާދުން ފުރާވަޑައިގެންފިއެވެ. އަރަޣްޗީ އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދަށް އަލްވަދާއު ވިދާޅުވީ، ޕާކިސްތާނުގެ އިސް މަސްއޫލުވެރިންނާއި އިސްލާމްއާބާދުގައި ހުންނަވާ އީރާނުގެ ސަފީރު ރޭޒާ އަމީރީ މުޣަދާމެވެ. އަރުގްޗީގެ މިދަތުރުފުޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާ ވެސް ބައްދަލު ކުރެއްވިއެވެ. ބައްދަލު ކުރައްވައި ދެބޭފުޅުން ވާހަކަ ދެއްކެވީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާ ބެހޭ ގޮތުންނާއި، ސަރަހައްދީ ގޮތުން މިހާރު ހިނގަމުންދާ ކަންތައްތަކާ ބެހޭ ގޮތުންނެވެ. އޭގެ އިތުރުން އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައާ ގުޅިގެން އިސްލާމްއާބާދުން ޑިޕްލޮމެޓިކް ގޮތުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

Related News