ދިވެހި|English Aug 24, 2026 · 08:43
Top banner
Advertisement
ޕީއައިއޭއިން ތުރުކީއަށް ކުރާ ދަތުރުތައް ހުއްޓާލައިފި
World

ޕީއައިއޭއިން ތުރުކީއަށް ކުރާ ދަތުރުތައް ހުއްޓާލައިފި

އއިބްރާހީމްް ސަމީރުOct 4, 2024
ޕާކިސްތާންގެ ޤައުމީ އެއާލައިނުން ތުރުކީއަށްކުރާ ދަތުރުތައް މިމަހުގެ މެދާ ހަމައަށް ހުއްޓާލައިފިއެވެ. ޕީއައިއޭއިން ތުރުކީއަށް އިސްލާމްއާބާދާއި ކަރާޗީން ކޮންމެ ހަފްތާއަކު 4 ދަތުރު ބާއްވައެވެ. އާރީ ނޫހުން ބުނިގޮތުގައި މި ދަތުރުތައް ހުއްޓާލީ، ތުރުކީ އެއާޕޯޓުގެ ޕާކިން ފީއާއި ތެލަށް ދައްކަން ޖެހޭ ފައިސާ ޕިއައިއޭއިން ނުދައްކައި ހުރުމުންނެވެ. ޕީއައިއޭއަކީ ދަރަނީގައި ހިންގަމުން ގެންދާ އެއާލައިނެވެ. ޝަހްބާޒް ޝަރީފްގެ ސަރުކާރުން ވަނީ އެ އެއާލައިން ވިއްކާލުމަށް ނިންމައި އިޢުލާން ކޮށްފައެވެ. ނަމަވެސް އެކަން ހަމަނުޖެހި ލަސްވެފައި ވަނީ އެއާލައިންގެ ދަރަނިތައް ގަންނަ ފަރާތުން ދަރަނި ބޮލު އަޅަން ޖެހޭތީ އެކަމާ ގުޅިގެންނެވެ.

Related News