ދިވެހި|English Aug 24, 2026 · 08:05
Top banner
Advertisement
އިންޑިއާގެ ތިން މަނަވަރެއް އިރާނަށް
World

އިންޑިއާގެ ތިން މަނަވަރެއް އިރާނަށް

އއިބްރާހީމްް ސަމީރުOct 5, 2024
އިންޑިއާގެ ކަނޑުގެ ސިފައިންގެ ތިން މަނަވަރެއް ރަޙުމަތްތެރިކަމާއި ތަމްރީނު ދަތުރެއްގައި، އީރާނު ބަންދަރު ޢައްބާހަށް ގޮސްފައެވެ. ބަންދަރު ޢައްބާހަށް ބަނދަރު ކުރި ތިން މަނަވަރަކީ، އައިއެންއެސް ތީރު، އައިއެންއެސް ޝާރުދުލް، އަދި އައިސީޖީއެސް ވީރާ އެވެ. މި މަނަވަރުތައް ބަނދަރު އައްބާސްގައި އޮންނަ އިރު، އީރާނުގެ ކަނޑުގެ ސިފައިންނާ ގުޅިގެން ތަމްރީނުތައް ހިންގާނެވެ. މި ތަންރީނުތައް އޮންނާނީ ފާރިސް ކަނޑު އޮޅީގައެވެ. އިންޑިއާގެ މަނަވަރުތައް ބަނދަރު ކުރުމާ ގުޅިގެން އީރާނުގެ މަނަވަރު އައިއާރުއައި ޝިޕް ޒިރާހު ވަނީ މަނަވަރުތަކަށް މަރުހަބާ  ކިޔާފައެވެ.

Related News