ދިވެހި|English Aug 24, 2026 · 08:44
Top banner
Advertisement
ޙިޒުބުﷲގެ ހަމަލައަކަށް ބިރުން ނަތަންޔާހޫ ފިލަންދުވި
World

ޙިޒުބުﷲގެ ހަމަލައަކަށް ބިރުން ނަތަންޔާހޫ ފިލަންދުވި

އއިބްރާހީމްް ސަމީރުOct 5, 2024
ޙިޒުބުﷲ އިން މިއަދު ވަނީ ނަތަންޔާހޫގެ ގެ ހުންނަ ޤައިސަރިއްޔާއަށްވެސް ޑްރޯނުން ހަމަލަ ދީފައެވެ. މި ޙަމަލާގެ ސައިރަން އެޅުމާ ގުޅިގެން ނަތަންޔާހޫ ބިންގަރާހަށް ފިލަން ދުއްވައިގަތް ކަމަށް ޔަޑިއޮތް އަހްރެނޮތު ނޫހުން ބުނެއެވެ. މިއީ ލުބުނާނަށް އަރައިގަތުމަށް ސިފައިން ފޮނުވި ފަހުން ޤައިސަރިއްޔާގައި ސައިރެން އެޅި ފުރަތަމަ ފަހަރެވެ. ޙިޒުބުﷲގެ ހަމަލަތަކުން ޒަޔަނިސްޓުންގެ ސިފައިން ނައްތާލުމުގައި މުޖާހިދުން ދަނީ ކާމިޔާބީ ހޯދަމުންނެވެ. ޒަޔަނިސްޓުން ހަނގުރާމައާ ބެހޭ މަޢުލުމާތު އާންމު ކުރުން މަނާ ކުރުމުން އެމީހުންގެ ގެއްލުންތަކުގެ ވާހަކަ ޒަޔަނިސްޓު މީޑިއާއިން ގެނެސްނުދެއެވެ. ނަމަވެސް އިޒްރޭލުގެ މީސްމީޑިއާގައި އަތް ފުނާ އަޅާލުމުން ޒަޔަނިސްޓުންގެ ސަންދޯތައް ބަރިބަރިއަށް އަތުރާލާފައިވާ މަންޒަރާއި ޒަޔަނިސްޓުން ހޭރޭ އަޑު ވީޑިއޯތަކުން އިވެމުން ދެއެވެ. ދާދި ދެންމެއަކުވެސް އިޒްރޭލު ސިފައިން ވަނީ ޒަޔަނިސްޓުންގެ ދެ މީހަކު ނައްތާލާފައިވާ ކަން ކަށަވަރުކޮށްދީފައެވެ. ޙިޒުބުﷲއިން އިއްޔެވެސް އެއް ހަމަލާގައި ޒަޔަނިސްޓުންގެ 20 މީހަކު ނައްތާލިއެވެ. މިއަދުވެސް ޙިޒުބުﷲއިން ހިފާފައިވާ ޖަލީލަށްވެސް 100 ރޮކެޓް ހަމަލަތައް އަމާޒުކޮށްފައިވާ ކަމަށް އިޒްރޭލު މީޑިއާ ބުނެއެވެ.

Related News