ދިވެހި|English Aug 24, 2026 · 08:39
Top banner
Advertisement
ޕާކިސްތާނުން ބާސްމަތީ ހަނޑުލާއި އެއްގަމު މަސް އެތެރެ ކުރަނީ
World

ޕާކިސްތާނުން ބާސްމަތީ ހަނޑުލާއި އެއްގަމު މަސް އެތެރެ ކުރަނީ

އއަހުމަދު މުހައްމަދުOct 5, 2024
ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެގައުމާއެކު ވިޔަފާރި ގުޅުން ބަދަހި ކުރުމަށް މެލޭޝިޔާގެ ބޮޑު ވަޒީރު ނިންމައިފިއިއެވެ. އަންވަރު އިބްރާހީމް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ މެލޭޝިއާއިން ވަނީ ޕާކިސްތާނުން ބާސްމަތީ ހަނޑޫ ގަތުމަށް އެއްބަސްވެފައެވެ. އަދި 100 ޓަނުގެ އެއްގަމު މަސް (ހަލާލު) ގަތުމަށާއި ތަރުކާރީއާއި މޭވާ އަދި ދަނޑުވެރިކަމުގެ އެހެން ބާވަތްތައް ގަތުމަށްވެސް އެއްބަސްވެފައިވާ ކަމަށް ވިދާޅުވިއެވެ. އަންވަރު ވިދާޅުވިގޮތގައި، މެލޭޝިޔާގެ ވިޔަފާރިއާ ބެހޭ އޮފީހެއް އަންނަ މަހު ކަރާޗީގައި އިފްތިތާޙު ކުރާނެއެވެ. އަންވަރު އިބްރާހީމާއި ޕާކިސްތާން ބޮޑު ވަޒީރު ޝަހްބާޒް ޝަރީފްގެ މަޝްވަރާތައް ބާއްވާފައި ވަނީ ބުރާސްފަތި ދުވަހުއެވެ.

Related News