ދިވެހި|English Jul 10, 2026 · 03:10
Top banner
Advertisement
އެމެރިކާގައި އޭއައި ސެންސަރު ކުރަން ޓްރަމްޕް އަންގައިފި
World

އެމެރިކާގައި އޭއައި ސެންސަރު ކުރަން ޓްރަމްޕް އަންގައިފި

އއިބްރާހީމްް ސަމީރުJun 3, 2026

އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކުން އަލަށް އުފައްދާ އެންމެ ވަރުގަދަ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްތައް އާންމުންނަށް ދޫކޮށްލުމުގެ ކުރިން، ސަރުކާރުގެ އިދާރާތަކަށް ދައްކައި ސެންސަރުކުރުވުމަށް މަގުފަހިވާ ރިޔާސީ އަމުރެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރައްވައިފިއެވެ.

މި އަމުރުގެ ދަށުން، ކުންފުނިތަކުން އަލަށް ނެރޭ އެންމެ ފަހުގެ މޮޑެލްތައް ބާޒާރަށް ނެރުމުގެ 30 ދުވަސް ކުރިން ސަރުކާރުގެ ސައިބަރ ސެކިއުރިޓީ އިދާރާތަކަށް އެ ތަކެތި ދިރާސާކުރުމުގެ ފުރުޞަތު ދިނުމަށް ވަނީ އެދިފައެވެ. ސަރުކާރުން ބޭނުންވަނީ މިފަދަ ވަރުގަދަ މޮޑެލްތަކުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކޯޑިންގް އެއް ނުވަތަ ހެކްކުރުމުގެ ޤާބިލުކަން ހުރިތޯ ބަލައި ސެންސަރުކުރުމަށެވެ.

މި އަމުރު އެކުލަވާލުމުގެ ކުރީގެ މަރުޙަލާގައި، އޭއައި މޮޑެލްތައް ބެލުމަށް 90 ދުވަހުގެ މުއްދަތެއް ދިނުމަށް އޮތް ނަމަވެސް، ޓެކްނޮލޮޖީ ދާއިރާގެ ބިލިއަނަރުން ދެކޮޅު ހެދުމަށްފަހު ޓްރަމްޕް ވަނީ އެ މުއްދަތު 30 ދުވަހަށް ކުރުކޮށްދެއްވާފައެވެ. އެއީ ޗައިނާއާއެކު އޮތް ވާދަވެރިކަމުގައި އެމެރިކާގެ ކުންފުނިތައް ފަހަތަށް ގޮސްދާނެތީއެވެ.

މި އަމުރުގައިވާ ގޮތުން، މޮޑެލްތައް ސަރުކާރާ ޙިއްޞާކުރުމަކީ ކުންފުނިތަކަށް މަޖުބޫރު ކަމެއް ނޫނެވެ. ނަމަވެސް، ސަރުކާރާއެކު ގުޅިގެން ސައިބަރ ޚިޔާނާތްތަކާ ދެކޮޅަށް މަސައްކަތްކުރާނެ ޚާއްޞަ ކްލިއަރިންގްހައުސްއެއް އުފައްދައި، ރައްކާތެރިކަން ކަށަވަރުކުރުމަށް މި އަމުރުގައި ބާރުއަޅާފައިވެއެވެ.

Related News