ދިވެހި|English Jul 10, 2026 · 01:32
Top banner
Advertisement
ނޭޕާލުގެ ކަރަންޓު ބަނގްލަދޭޝަށް އެކްސްޕޯޓު ކުރަނީ
World

ނޭޕާލުގެ ކަރަންޓު ބަނގްލަދޭޝަށް އެކްސްޕޯޓު ކުރަނީ

އއިބްރާހީމްް ސަމީރުOct 5, 2024
ނޭޕާލުގައި އުފައްދާ ކަރަންޓު އިންޑިއާގެ ކަރަންޓު ލައިން މެދުވެރިކޮށް ނޭޕާލަށް އެކްސްޕޯޓު ކުރުމަށް އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝް އިން ބުރާސްފަތި ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އިންޑިއާގެ ކަރަންޓު ލައިންތައް މެދުވެރިކޮށް ނޭޕާލުން ބަންގްލަދޭޝްއަށް 40 މެގަވޮޓްގެ ކަރަންޓް އެކްސްޕޯޓް ކުރާނެއެވެ. ނޭޕާލުން ބަނގްލަދޭޝަށް ޔުނިޓެއް ވިއްކާނީ އެމެރިކާ 6 ސެންޓަށެވެ. ނޭޕާލު ކަރަންޓު ބަނގްލަދޭޝަށް ވިއްކުމުގެ މަޝްވަރާތައް ފަށާފައި ވަނީ 2018ގައެވެ. ތިން ޤައުމުން ވަނީ މި ކަމާ ގުޅޭ ހަ ބައްދަލުވުމެއް ބާއްވާފައެވެ. ނޭޕާލުގެ ކޯރުތަކުގައި އިންޑިއާގެ ކުންފުނިތަކުން ހަދާފައިވާ ޑޭމްތަކުން އުފައްދާ ކަރަންޓަކީ ނޭޕާލުން ބޭނުންވާ ވަރަށްވުރެން އިތުރު ކަރަންޓެކެވެ. އެހެންވެ އިންޑިއާ މެދުވެރިވެގެން ކަރަންޓު އެކްސްޕޯޓު ކުރުމަށް ނޭޕާލުން ނިންމީއެވެ. ނޭޕާލާއި ބަނގްލަދޭޝަކީ ސަރަހައްދު ޙިއްސާ ކުރާ ދެ ޤައުމެއް ނޫނެވެ. ނޭޕާލްގެ ކަރަންޓް ބަންގްލަދޭޝްއަށް ޓްރާންސްމިޓް ކުރާނީ އިންޑިއާގެ ސަރަހައްދުގައި ހުންނަ ޓްރާންސްމިޝަން އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ކަމަށްވާތީ މިކަމުން އިންޑިއާއަށްވެސް ވިޔަފާރި ލިބެއެވެ.

Related News