ދިވެހި|English Jul 9, 2026 · 15:22
Top banner
Advertisement
މެދުއިރުމަތީގެ ހަމަނުޖެހުމުގެ އަސަރު މުޅި އެފްރިކާ ބައްރަށް
World

މެދުއިރުމަތީގެ ހަމަނުޖެހުމުގެ އަސަރު މުޅި އެފްރިކާ ބައްރަށް

ޟޟަމްރަތު އަހްމަދުJun 23, 2026
މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުން ތަކުގެ ސަބަބުން އެފްރިކާ ބައްރަށް ކުރިމަތިވެފައިވާ ދަތިކަން ހައްލު ކުރުމަށް އެތައް މަހެއް ހޭދަވާނޭ ކަމަށް އައިއެމްއެފްގެ އައު ވެރިޔާ ޒެއިން ޒެއިދާން ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ މިކަމުގެ ނޭދެވޭ އަސަރު މެދުއިރުމަތީގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި އުފެއްދުންތެރިކަމަށް ވެސް ކުރާނޭ ކަމަށެވެ. މިއީ ޝޮކެއް ކަމަށާއި، އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މި ޝޮކުން އަރައިގަތުމަށް ގައުމުތަކަށް އެހީވާން ކަމަށް ވެސް ވިދާޅުވިއެވެ. "އަޅުގަނޑު އެންމެ ބޮޑު އިސްކަމެއް ދެނީ މި ޝޮކުން އަރައިގަތުމަށް މި ސަރަހައްދުގެ ގައުމުތަކަށް އެހީތެރިވުމަށް،" އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ހަމަނުޖެހުންތައް ހައްލު ކުރަން އެތައް މަހެއް ހޭދަވާނޭ ކަމަށެވެ. އެހެންނަމަވެސް ގަލްފުގެ ގައުމުތަކުން ވަނީ އުފެއްދުންތެރިކަމާއި އެކްސްޕޯޓް އަލުން ފެށުމަށް ހަ މަހާއި ހަތް މަހާއި ދެމެދުގެ މުއްދަތެއް ހޭދަވާނޭ ކަމަށް ބުނެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

Related News