ހޮރުމުޒު ކަނޑުއޮޅީގައި ވަކި ދެމަގެއް ނުވަތަ ދެ ރޫޓެއް ގާއިމް ކުރުމަށް އޮމާނުން އަނެއްކާވެސް އީރާނާ ލަފާދީފިއެވެ. އެ ގައުމުން އީރާނަށް މިލަފާ ދީފައިވަނީ އޮމާނުގެ ޚާރީޖި ވަޒީރު އަލް ބުސައިދީ އާއި އިރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރަޣުޗީއާ ދެބޭފުޅުން ބޭއްވި ބައްދަލުވުމެއްގައެވެ. މީގެ ކުރީން ބޭއްވި ބައްދަލުވުމެއްގައި ވެސް އޮމާނުން ވަނީ މިކަން އީރާނަށް ހުށަހަޅާފައެވެ.
މީގެ ކުރިން ބޭއްވި މަޝްވަރާތަކުގައި އީރާނުން އެ ހުށަހެޅުން ގަބޫލު ކޮށްފައި ނުވެއެވެ. އެހެންނަމަވެސް އޮމާނާއި، އީރާނުގެ ރައްޔިތުން ހިމެނޭ ގޮތަށް އެއް މެނޭޖްމަންޓެއް ގާއިމް ކުރުމަށް އީރާނުން ވަނީ އެދިފައެވެ. މިކަމުގައި އީރާނުގެ އޮތް ކަންބޮޑުވުމަކީ، ދެ މެނޭޖްމަންޓެއް އުފެދިއްޖެ ނަމަ، ހުރިހާ އުޅަނދުތަކެއް ވެސް އޮމާންގެ ކަނޑުގެ ސަރަހައްދަށް ގޮސް، އީރާން ބާކީވެދާނެތީއެވެ. އަދި މަޝްވަރާތަކަށް ދާއިރު، އެއްވެސް ބާރެއް އީރާނުގެ އަތުގައި ނޯވެދާނެތީ ވެސް އީރާނުން ކަންބޮޑުވެއެވެ.
ތެހެރާނުން ބުނަނީ މިކަމުގައި މަޝްވަރާ ކުރެވިދާނޭ ތަފާތު ފޯމިއުލާތަކެއް އެބަހުރި ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންނަމަވެސް އެއްބަސްވެވޭ ކޮންނުކުތާއަކަށް ކަމެއް ނޭނގޭ ކަމަށް އެގައުމުންވަނީ ބުނެފައެވެ.





