ދިވެހި|English Jul 13, 2026 · 12:10
Top banner
Advertisement
ޢުމްރާއާ ގުޅޭ ކަންކަމުގައި އީރާނާއި ސަޢުދީން ގުޅުން ބަދަހިކުރަނީ
World

ޢުމްރާއާ ގުޅޭ ކަންކަމުގައި އީރާނާއި ސަޢުދީން ގުޅުން ބަދަހިކުރަނީ

ޟޟަމްރަތު އަހްމަދުJul 13, 2026

އީރާނުގެ ހައްޖު އެންޑް ޕިލްގްރިމޭޖް އޯގަނައިޒޭޝަންގެ ވެރިޔާ އަލީ ރާޝިދިއަން ސަޢޫދީ ޢަރަބިއްޔާއިން އީރާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަބްދުالله ބިން ސަޢުދު އަލް އަންޒީއާ ބައްދަލުކުރައްވައިފިއެވެ.

މިއީ އީރާނުގެ ހައްޖު އަދި ހައްޖު ޖަމްއިއްޔާގެ ވެރިޔާ އަދި ސައުދީ ސަފީރު ޙައްޖާއި އުމްރާވެރީންނަށްދޭ ޛިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އުމްރާގެ އަޅުކަން އަދާކުރުމަށް ވަގުތުން ވަގުތަށް ވިސާ ދޫކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުކުރެއްވުމުގައި ރާޝިދިއަން ވަނީ ޙައްޖުގެ އަޅުކަން އިންތިޒާމު ކުރުމަށާއި އީރާނުގެ ޙައްޖާޖީންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެ ޤައުމުގެ އިސްވެރިންނާއި ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމާ ގުޅޭ އެންމެ މުހިންމު ކަންކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ޙައްޖާޖީންނަށް ދެވޭ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާ ކުރުމަށް ބޭނުންވާ އެއްބާރުލެއްވުން ބޭނުންވާކަން ދެބޭފުޅުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އީރާނުގެ ޙައްޖާޖީންނަށް އުމްރާ ވިސާ ދޫކުރުމުގެ މަސައްކަތް ވަގުތުން ވަގުތަށް ފެށުމާއި، އުމްރާދަތުރުތައް އޮޕަރޭޓްކުރާ ކުންފުނިތަކުން ޙައްޖާޖީން ފުރަން ހަމަޖައްސާފައިވާ މުއްދަތުގައި ފުރޭނޭ އިންތިޒާމު ހަމަޖެއްސުމުގެ މުހިންމު ކަމާބެހޭ ގޮތުންވެސް ވަނީ ވާހަކަ ދައްކަވައިފައެވެ.

އީރާންސައުދީއަރަބިއްޔާ

Related News