ބުޝެހްރު ނިއުކްލިއަރ ޕަވާ ޕްލާންޓަށް ހަމަލާ ދިން ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް އީރާނުން ދޮގުކޮށްފި އެވެ.
އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަން (އޭއީއޯއައި) އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބުޝެރް ނިއުކްލިއަރ ޕަވާ ޕްލާންޓްގެ އެއްވެސް ބަޔަކަށް ހަމަލާ ދެވިފައިނުވާ ކަމަށެވެ.
"ބުޝެރް ނިއުކްލިއަރ ޕަވަރ ޕްލާންޓް ހުރީ އާންމު ރައްކާތެރި ކަމާއެކު އާންމު ހާލަތުގައި. އެތަނުގެ ހުރިހާ ޔުނިޓްތަކާއި ފެސިލިޓީތަކުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާންވާ ގޮތަށް ދަނީ ކުރިއަށް،" ބަޔާނުގައިވެއެވެ.
އޭއީއޯއައި އިން ބުނެފައިވަނީ މިކަމާ ގުޅޭ އިތުރު އެއްވެސް ކަމެއް ހިނގާ ކަމަށްވާނަމަ އެތަނުން ރަސްމީކޮށް އެކަމެއް ހާމަކުރަމުން ގެންދާނޭ ކަމަށެވެ.
އީރާން





