ދިވެހި|English Jul 13, 2026 · 15:03
Top banner
Advertisement
ވަގަށްނަގާފައިވަނީ އަށްޑިހަ ހާސްރުފިޔާގެ ސާމާނު ހޯދައިފިވައްކަމުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުން/ފޮޓޯ ޕޮލިސް
News

ވަގަށްނަގާފައިވަނީ އަށްޑިހަ ހާސްރުފިޔާގެ ސާމާނު ހޯދައިފި

މމުހައްމަދު އަލީJul 13, 2026

ހދ. ކުޅުދުއްފުށީ އޮޑިހަރުގެއަކާއި، ގުދަނަކުން ވައްކަންކުރި ކަމަށް ތުހުމަތު ކުރެވޭ ދެމީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެމީހުން ވަގަށްނަގާފައިވާ ސާމާނުވެސް ހޯދާފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ދެ މީހެކެވެ. އެއީ އެ ރަށު ތަންބީގެ، ޙަސީބު އާދަމް (27އ) އާއި ވައިޓްހާރޑް، މުޙައްމަދު ނަބީލް އަޙްމަދު (27އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙަސީބު އާދަމް ފަސްދުވަހަށް އަދި މުޙައްމަދު ނަބީލް އަޙްމަދު 12 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭ ވައްކަންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މި މަހުގެ 9 ވަނަ ދުވަހުއެވެ.

އެ މީހުން ވަގަށްނެގި ތަކެތީގެ ތެރޭގައި ކަރަންޓު ބުރުމާއާއި، ކަރަންޓު ކީހާއި، ކަޓްއޮފްއާއި، ޓޫލް ބޮކްސްތަކަކާއި ކަރަންޓު ނަރުތަކެއްގެ އިތުރުން ކަރަންޓު އެހެނިހެން ސާމާނު ހިމެނޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި ތަކެތީގެ އަގު 80،000 ރުފިޔާ އަށްވުރެ ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ. މި ތަކެތި ހޯދުމަށްފަހު ފުލުހުން ގެންދަވަނީ ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި މައްސަލައިގެ ތަހުގީގީ މަރުހަލާ ފެށި ކުރިއަށްދާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ވައްކަން

Related News