ދިވެހި|English Jul 13, 2026 · 15:54
Top banner
Advertisement
އެގްޒެކެޓިވް ލީޑާސް ޕްރޮގްރާމް ނަޝްވާ ފުރިހަމަކުރައްވައިފިފޮޓޯ ޕޮލިސް
News

އެގްޒެކެޓިވް ލީޑާސް ޕްރޮގްރާމް ނަޝްވާ ފުރިހަމަކުރައްވައިފި

ހިރި ނިއުސްހިރި ނިއުސްJul 13, 2026

އިނގިރޭސިވިލާތުގެ ކޮލެޖް އޮފް ޕޮލިސިންގއިން ހިންގި "އެގްޒެކެޓިވް ލީޑާސް ޕްރޮގްރާމް" ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ފުރިހަމަކުރައްވައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވަނީ މި ޕްރޮގްރާމަކީ ފުލުހުންގެ މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި، މުއައްސަސާގެ އެންމެ މަތީ ފަންތީގެ ލީޑަޝިޕް ދައުރުތަކަށް އޮފިސަރުން ތައްޔާރުކުރުމަށްޓަކައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

މި އަހަރުގެ ފެބްރުއަރީ 23ވަނަ ދުވަހުން ފެށިގެން ޖުމުލަ 19 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ލީޑަރޝިޕް ޕްރޮގްރާމްގެ ފަހު މޮޑިއުލް، މޮޑިއުލް 3 ކުރިއަށް ގެންގޮސްފައިވަނީ 2026 ޖޫން 29 އިން ޖުލައި 10އަށް އިނގިރޭސިވިލާތުގައި ކަމަށް ވެސްވަނީ ވިދާޅުވެފައެވެ.

މި ޕްރޮގްރާމަކީ ބައިވެރިންގެ މަސައްކަތުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް، ފުލުހުންގެ މަތީ ފަންތީގެ ލީޑަޝިޕް މަގާމުތަކަށް ބޭނުންވާނެ ހުނަރާއި، ގާބިލުކަން އަދި އިލްމީ މައުލޫމާތު އިތުރަށް ތަރައްގީކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި އަހަރުގެ ޕްރޮގްރާމުން ދުނިޔޭގެ އެކި ގައުމަތަކުން ޖުމުލަ 62 އޮފިސަރުން ދަސްވެނިވެފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން، މުއައްސަސާގެ މިހާރުގެ ހިންގުމުގެ ނިޒާމުތައް މުރާޖާކޮށް ކުރިއަށް ހުރި ފުރުސަތުތައް ދެނެގަތުމާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން، ސްޓޭކްހޯލްޑަރުންނާއި ބައިވެރިންނާ ގުޅިގެން މަސައްކަތްކުރުމުގައި ހުރި ގޮންޖެހުންތަކާއި، އެ ގުޅުންތައް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ދިރާސާކޮށް މުރާޖައާކުރުމުގެ ހުނަރުތައް ވެސް މި ޕްރޮގްރާމްގެ ތެރެއިން އޮފިސަރުންނަށް ވަނީ އުނގަންނައިދީފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޕޮލިސް

Related News