ދިވެހި|English Jul 13, 2026 · 21:14
Top banner
Advertisement
ރަސްމީ ދަތުރުފުޅެއްގައި ރައީސް ޤަޠަރަށް ފުރާވަޑައިގެންފި
News

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޤަޠަރަށް ފުރާވަޑައިގެންފި

ހިރި ނިއުސްހިރި ނިއުސްJul 13, 2026

ޤަތަރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފި ކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ވިދާޅުވެފައިވަނީ މިދަތުރުފުޅަކީ، ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، އެޤައުމުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އާއި ޝާހީ ޢާއިލާއަށާއި ޤަތަރުގެ ރައްޔިތުންނަށް ދިވެހިރައްޔިތުންގެ ފަރާތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަޢުޒިޔާ ދެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން އެޤައުމުގައި ބާއްވާ ރަސްމީ ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ މަންދޫބުން ޤަތަރަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

 

ރައީސް ޑރ. މުހައްދު މުއިއްޒު

Related News