ދިވެހި|English Jul 19, 2026 · 15:42
Top banner
Advertisement
ޒާތީ ވާހަކަތަކުގެ ސަބަބުން އީރާނާއި އިރާގުގެ ގުޅުން ގޯސްވެގެން ނުވާނެ: އީރާން
World

ޒާތީ ވާހަކަތަކުގެ ސަބަބުން އީރާނާއި އިރާގުގެ ގުޅުން ގޯސްވެގެން ނުވާނެ: އީރާން

މމުހައްމަދު އަލީJul 19, 2026

ދައްކާލާ ޒާތީ ނުވަތަ ނުރަސްމީ ވާހަކަތަކުގެ ސަބަބުން އީރާނާއި އިރާގުގެ ގުޅުން ގޯސްވެގެން ނުވާނޭ ކަމަށް އީރާނުގެ ޚާރިޖީވަޒީރު އައްބާސް އަރަޣުޗީ ވިދާޅުވެއެވެ. އައްބާސް މިހެން ވިދާޅުވީ އިރާގުގެ ޚާރިޖީ ވަޒީރާ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވަމުންނެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ އީރާނާއި އިރާގާ ދެމެދު އޮތް ގުޅުމަކީ ތާރީޚީ، ސަގާފީ އަދި ދީނީ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. އެއީ އެއްވެސް ނޭދެވޭ އަސަރެއް ކޮށްގެން ވާނޭ ގުޅުމެއްނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އީރާނުން ފާހަގަކުރާ ގޮތުގައި އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމް ކުރުމާއި، އެކުވެރި އަވަށްޓެރި ދެގައުމުގެ ގޮތުގައި ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުން މުހިންމު ކަމަށް އީރާނުންވަނީ ބުނެފައެވެ.

މި ފޯނުން ގުޅުއްވައި ދެ ގައުމުގެ ޚާރިޖީ ވަޒީރުން ވަނީ އެމެރިކާ ސިފައިން  އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ސަރަހައްދީ ގޮތުން މިހާރު ހިނގަމުންދާ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

އީރާންއިރާގު

Related News