ދިވެހި|English Jul 19, 2026 · 15:45
Top banner
Advertisement
އީރާނުގެ ފެންޕްލާންޓަކަށް އެމެރިކާއިންދިން ހަމަލާ އީރާނުން ކޮށްވެރިކޮށްފި
World

އީރާނުގެ ފެންޕްލާންޓަކަށް އެމެރިކާއިންދިން ހަމަލާ އީރާނުން ކޮށްވެރިކޮށްފި

އއަހުމަދު މުހައްމަދުJul 19, 2026

އީރާނުގެ ފެންޕްލާންޓަކަށް އެމެރިކާއިންދިން ހަމަލާ އީރާނުން ކޮށްވެރިކޮށްފިއެވެ. އިރާނުގެ ހަކަތައާ ބެހޭ ވަޒީރު އައްބާސް އަލީއާބާދީ ވިދާޅުވީ ޖަސްކްގެ ހުޅަނގުގައި ހުންނަ ބައުންޖީ ޑީސެލިނޭޝަން ޕްލާންޓަށް އެމެރިކާ އިން ދިން ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ. އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަލީއާބާދީ ވިދާޅުވީ އެ ހަމަލާގެ ސަބަބުން 10،000 އަށް ވުރެ ގިނަ މީހުން ބޯފެނުން މަހުރޫމް ވެފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ އެ ޕްލާންޓަކީ އީރާނުގެ އެތައްހާސް ބަޔަކަށް ބޯފެން ފޯރުކޮށްދެމުން ގެންދާ ޕްލާންޓެއް ކަމަށެވެ.

އާންމުންގެ ދިރިތިބުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ އަށް ހަމަލާ ދިނުމަކީ ޖެނީވާ ކޮންވެންޝަންގެ 54 ވަނަ މާއްދާގެ ދަށުން މަނާކަމެކެވެ. އަދި އެ ހަމަލާއަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާއި އިންސާނީ ހައްގުތަކާ ބެހޭ އަސާސީ އުސޫލުތަކާ ހިލާފު ހަމަލާތަކެއް ކަމަށް އީރާނުގެ ހަކަތައާ ބެހޭ ވަޒީރުވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ މި ހާދިސާ އަކީ މަދަނީ އިންފްރާސްޓްރަކްޗަރ އަށް ގަސްދުގައި ދިން ހަމަލާއެއްގެ ގޮތުގައި ރޯމް ސްޓެޓިއުޓްގެ ދަށުން ދައުވާ ކުރެވިދާނެ ކަމަށެވެ. އަދި އީރާނުން މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެކަމަށް ރައްދު ދިނުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ގޮވާލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީއާބާދީ ވިދާޅުވީ ހޮރްމުޒްގާން ޕްރޮވިންސްގެ ވޯޓަރ އެންޑް ވޭސްޓް ވޯޓަރ ކުންފުނީގެ އިމަޖެންސީ ކްރޫއިން މިހާރު ދަނީ ޕްލާންޓު މަރާމާތު ކުރުމަށްފަހު އަލުން ޚިދުމަތް ފެށުމަށް ކަމަށެވެ.

Related News