ދިވެހި|English Jul 20, 2026 · 01:38
Top banner
Advertisement
އެމެރިކާގެ ކޮންމެ ހަމަލާއަކަށް ޖަވާބުދޭނޭ ކަމުގެ އިންޒާރުދީފިއީރާނުގެ އަސްކަރީ މައި މަރުކަޒުގެ ކޮމާންޑަރު މޭޖަރ ޖެނެރަލް އަލީ އަބްދުالله
World

އެމެރިކާގެ ކޮންމެ ހަމަލާއަކަށް ޖަވާބުދޭނޭ ކަމުގެ އިންޒާރުދީފި

ޟޟަމްރަތު އަހްމަދުJul 19, 2026

އީރާނުގެ އަސްކަރީ ފައުޖުތަކުން އެމެރިކާއަށް ގަދަފަދަ ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުގެ އަސްކަރީ މައި މަރުކަޒުގެ ކޮމާންޑަރު މޭޖަރ ޖެނެރަލް އަލީ އަބްދުالله ދެއްވައިފިއެވެ.

ޢަބްދުالله ވިދާޅުވީ އެމެރިކާ އިން ގެންދަނީ ދަހިވެތިކަމާއެކު އީރާނަށް ބުލީކޮށް ހަރުކަށި އަމަލުތަކެއް ކުރަމުންކަމަށެވެ. މިއިން ކޮންމެ އަމަލަކީ ނުވަތަ ހަމަލާއަކީ އޭގެ ބަދަލު އެމެރިކާއަށް ލިބޭނޭ އަމަލުތަކެއް ކަމަށް ޖެނެރަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އީރާނުގެ ދިފާއީ ބާރުގެ ސަބަބުން ގައުމުގެ ސަލާމަތާއި ރައްކާތެރިކަންވަނީ ﷲގެ އިރާދަފުޅުން ކަށަވަރުވެފައި ކަމަށެވެ. އެއީ އީރާނުގެ ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރުމަށް ވެރީންނަށް ފުރުސަތު ފަހިކޮށްދޭ ބިންގަލެއް ކަމަށްވެސް ވިދާޅުވިއެވެ.

ޖެނެރަލް ވިދާޅުވީ އެމެރިކާއިން އީރާނަށް ދެމުންގެންދާ އަސްކަރީ ހަމަލާތައް  ނާކާމިޔާބުވުމުން ދުޝްމަނުން މިހާރު މަސައްކަތް ކުރަނީ ރައްޔިތުންނާއި ވެރީންނާ ދެމެދު ފިތުނަ އުފައްދައި ބައިބައިކޮށްލަން ކަމަށެވެ. އެހެން ނަމަވެސް، އީރާނުގެ އެތެރޭގެ އެއްބައިވަންތަކަމަކީ މި "ޝައިޠާނާގެ ރޭވުން" ނާކާމިޔާބު ކުރުމުގެ ތަޅުދަނޑި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މާތް اللهގެ ރަޙްމަތާއެކު، އީރާނުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ އެއްބައިވަންތަކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނޭ ކަމަށެވެ.

 

އެމެރިކާއީރާންހަނގުރާމަ

Related News