ދިވެހި|English Oct 18, 2026 · 16:04
Top banner
Advertisement
އައު ޑިފެންސް ސިސްޓަމެއް ބޭނުންކޮށްގެން ދުޝްމަނުންގެ ޑްރޯނެއް ވައްޓާލައިފި
World

އައު ޑިފެންސް ސިސްޓަމެއް ބޭނުންކޮށްގެން ދުޝްމަނުންގެ ޑްރޯނެއް ވައްޓާލައިފި

މމުހައްމަދު އަލީJul 19, 2026

އީރާނުގެ ހުޅަނގު ދެކުނުގެ ސިޓީއެއް ކަމަށްވާ އަހްވާޒަށް ދުޝްމަނުން ފޮނުވާލި އެމްކިއު-9 މަރުކާގެ ޑްރޯނެއް ވައްޓާލައިފި ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުނީ މި ޑްރޯން ވައްޓާލާފައިވަނީ އައިއާރްޖީސީގެ އެއިރޯސްޕޭސް ފޯސް އިން އަލަށް ބޭނުންކުރި އެއަރޑިފެންސް ސިސްޓަމަކުން ކަމަށެވެ.

ޑްރޯން ވައްޓާލުމަށްފަހު އައިއާރްޖީސީގެ ޚާތަމް އަލް އަންބިޔާ ސެންޓްރަލް ހެޑްކްއޯޓަރޒްގެ ތަރުޖަމާން ވަނީ އީރާނުގެ އާންމުންނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތައް ހުއްޓުލުމަށް އިންޒާރު ކޮށްފައެވެ. އީރާން އަސްކަރިއްޔާއިން ބުނެފައިވަނީ އެމެރިކާއަށް ހަމަލާ ދޭން އެގައުމުން ފަސްނުޖެހޭނޭ ކަމަށާއި ވޭންދެނެވި އީޖާބީ ހަމަލާތަކާ ކުރިމަތިލާން އެމެރިކާއަށް ޖެހޭނޭ ކަމަށެވެ.

 

Related News