އިރާގުގައި އެމެރިކާ ސިފައިންގެ މީހަކު މަރާލައިފިއެވެ. އޭނާ މަރުވެފައިވަނީ ޖުލައި މަހުގެ 18 ވަނަ ދުވަހު ވައްޓާލި ޑްރޯންގެ ހާދިސާގައެވެ. ސިފައިންގެ މީހާ މަރުވެފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. މި ހާދިސާގައި އިތުރު މީހަކަށް އަނިޔާވެ، ފަރުވާ ހޯދަމުން އަންނަ ކަމަށް ވެސް ސެންޓްކޮމްއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ސެންޓްކޮމް އިން ވަނީ ޖުލައި 17 ވަނަ ދުވަހު އުރުދުންގައި އީރާނުން ދިން ހަމަލާއެއްގައި މަރުވި އެމެރިކާ ދެ ސިފައިންގެ އިތުރުން ގެއްލުނު މީހުންގެ މައުލޫމާތު ވެސް ހިއްސާކޮށްފަ އެވެ.
"އެމެރިކާ ސިފައިން ކުރި މަސައްކަތުން އެ ސަރަހައްދުން މިނި ކަށިތަކެއް ފެނިފައިވޭ. އެ ހަށިގަނޑުގެ ބައިތައް ކަށަވަރު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން،" ސެންޓްކޮމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޖުލައި މަހުގެ 17 ވަނަ ދުވަހު އީރާނުން ދިން ހަމަލާގައި ޖޯޑަންގައި އެމެރިކާ ސިފައިންގެ ދެ މީހަކު މަރުވެ، ތިން ވަނަ މީހަކު ގެއްލުނު ކަމަށް އެ ކޮމާންޑުން ވަނީ ބުނެފައެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އިން ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން ގެންދަނީ ގަލްފު ސަރަހައްދުގައި ހިމެނޭ އެމެރިކާގެ އަސްކަރީ ތަންތަނަށް މިސައިލާއި ޑްރޯން އިން ހަމަލާދޭން ފަށައިފައެވެ.





