ހަމާސްގެ ސިޔާސީ ގޮފީގެ އިސްވެރިއަކަށް ޚަލީލް އަލް ޙައްޔާ އިންތިޚާބު ކޮށްފިއެވެ. އޭނާ އެމަގާމަށް އިންތިޚާބުކުރިކަން ހަމާސް އިން އިއުލާންކުރީ ހޯމަ ދުވަހުއެވެ.
ހަމާސްގެ ސިޔާސީ ގޮފީގެ އައުވެރިއަކަށް އޭނާ އިންތިޚާބު ކުރުމުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް ޣަރަގުޗީ ވަނީ އޭނާއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފައެވެ.
މެސެޖުގައި އޭނާ ވިދާޅުވެފައިވަނީ ނަސްލު ނައްތާލުމަށް ޒަޔަނިސްޓުން ހިންގާ އަމަލުތަކާ ދެކޮޅަށް ހަމާސްއާއި ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ ޝަރުޢީ ހަނގުރާމައަށް އީރާނުން ކުރިއަށްއޮތްތާގައި ވެސް ތާއީދު ކުރާނޭ ކަމަށެވެ. އަދި ޒަޔަނިސްޓް އިސްތިއުމާރީން މިނިވަންވުމަށް ކުރަމުންދާ ޖިހާދަށް ވެސް އިސްލާމީ ޖުމްހޫރިއްޔާ އީރާނުން ކުރިއަށް އޮތްތާގައި ވެސް ވަރުގަދަ ތާއީދު ކުރާނޭ ކަމަށް ބުނެފައިވެއެވެ.
ހަމާސްއީރާން





