ދިވެހި|English Sep 5, 2026 · 12:37
Top banner
Advertisement
ބެލްޖިއަމްގެ ގައުމީ ދުވަހުގެ ތަހުނިޔާ ރާއްޖެއިން ފޮނުވައިފި
News

ބެލްޖިއަމްގެ ގައުމީ ދުވަހުގެ ތަހުނިޔާ ރާއްޖެއިން ފޮނުވައިފި

ހިރި ނިއުސްހިރި ނިއުސްJul 21, 2026

ބެލްޖިއަމްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މަކްސިމް ޕްރެވޫ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. އެ މެސެޖުގައި ވަޒީރު ވިދާޅުވެފައިވަނީ އެގައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މަކްސިމާއި ބެލްޖިއަމް ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައާއި އެކަމަނާގެ އަމިއްލަ ނަމުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާ ކަމަށެވެ.

އަދި ކުރިއަށް އޮތް އަހަރުތަކުގައި ބެލްޖިއަމާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރުމަށް ފުރުޞަތު ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ބޮޑުވަޒީރުގެ ނައިބަށް ދުޅަހެޔޮ ސިއްޙަތަކަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

Related News