ދިވެހި|English Jul 22, 2026 · 02:12
Top banner
Advertisement
ދިއްދޫގައި އިމާރާތްކުރަމުންދާ ހައުސިން ޔުނިޓުތައް ނިމުމަކާ ގާތްވެއްޖެދިއްދޫގައި އިމާރާތްކުރަމުންދާ ހައުސިން ޔުނިޓުތައް/ފޮޓޯ ހައުސިން
News

ދިއްދޫގައި އިމާރާތްކުރަމުންދާ ހައުސިން ޔުނިޓުތައް ނިމުމަކާ ގާތްވެއްޖެ

ހިރި ނިއުސްހިރި ނިއުސްJul 21, 2026

ސަރުކާރުން ހއ. ދިއްދޫގައި އިމާރާތްކުރަމުންދާ 75 ހައުސިން ޔުނިޓު މަޝްރޫއުގެ 98.55 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިއީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ އެސްޖޭ ކޮންސްޓްރަކްޝަންއިންނެވެ. އެކުންފުންޏާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. މިމަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބަދިގެއާ ފާޚާނާގެ ފިނިޝިންގ މަސައްކަތް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ދިއްދޫގައި 75 ހައުސިން ޔުނިޓު އަޅަން އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވަނީ 120 މިލިއަން ރުފިޔާގެ އަގަކަށެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާނީ ދެ ފަންގިފިލާގެ ރޯހައުސްތަކެކެވެ. އެ ކޮންމެ ރޯހައުސްއެއްގައި ތިން ކޮޓަރި، 3 ފާޚާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހުންނާނެއެވެ.

ދިއްދޫގައި އިމާރާތްކުރާ ހައުސިން ޔުނިޓުތައް ހިމެނޭ ސަރަހައްދު ވަށައިގެން އަލިކޮށް އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ޤާއިމުކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

ހއ.ދިއްދޫ

Related News