ދިވެހި|English Jul 22, 2026 · 02:06
Top banner
Advertisement
ރައްޔިތުން މިހާނިކަމެތިވި ޒަމާނެއް ނާދޭ: ފައްޔާޒުފައްޔާޒް އިސްމާޢީލް
News

ރައްޔިތުން މިހާނިކަމެތިވި ޒަމާނެއް ނާދޭ: ފައްޔާޒު

ޟޟަމްރަތު އަހްމަދުJul 21, 2026

އާންމު ރައްޔިތުންނަށް މިހާބޮޑު ނިކަމެތިކަމެއް ލިބުނު ވެރިކަމުގެ ޒަމާނެއް މީގެ ކުރީން އައިސްފައި ނުވާކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ މި ނިކަމެތިކަމުގެ ސަބަބުން އިތުރު އެތައް އާއިލާއެއް މި އަނިޔާއާ ދިމާއަށްދާ ކަމަށެވެ.

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ އެމްޑީޕީ ވެރިކަން ކަމުނުގޮސްގެން ރަނގަޅަށް ވެރިކަން ކޮށްދެއްވަން ކަމަށާއި އެހެންނަމަވެސް ކަންކަން މިދަނީ އެމަނިކުފާނު ވިދާޅުވި ގޮތާ އިދިކޮޅަށް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ކަންކަން ރަނގަޅު ކުރަން އެނގިވަޑައިގަންވާ ކަމަށާއި، ކަންކަން ރަނގަޅު ކުރަން ބޭނުންވާ ހުރިހާ މަގުތައްވަނީ ފަހިވެފައި ކަމަށް އިތުބާރާއެކު ރައީސް ޑރ. މުޢިއްޒު ވިދާޅުވި ވީޑިއޯތައް މިހާރުވެސް ފެންނަން އެބަހުރިކަމަށް ފައްޔާޒު ވިދާޅުވިއެވެ. "ދިވެހި ރައްޔިތުންނަށް އެމަންޒަރު ދައްކަވައިގެން ވެރިކަމަށް ވަޑައިގެން މިހާރު މި ވިދާޅުވަނީ ކުރީސަރުކާރުގެ ކަންކަމާހެދި ތިމަންނައަށް މިއުޅެނީ މިކަންކަން ނުވެގެންނޭ. ވެދާނެ ފަހަރުގައި އެހެން ކަމަށްވެސް. އެހެންމަވެސް ރައްޔިތުންނަށް ވައުދުވީ ތިމަންނައަށް މިކަންކުރަން އެނގެޔޭ ތިމަންނައަށް މިކަންކުރެވޭނެޔޭ، ކުރެވޭނޭ ހުރިހާމަގެއް ހުރީ ތަނަވަސްވެފައޭ،" ފައްޔާޒު ވިދާޅުވިއެވެ.

އެގޮތަށް ވިދާޅުވެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ހުރިހާ ކަމެއް ކުރީސަރުކާރުގެ ބޮލުގައި އަޅުވައި މުޅިގައުމު މިހާރު މިދަނީ ފުނޑުފުނޑު ވެގެން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިގްތިސާދު އެއްކޮށް މިދަނީ ފުނޑުފުނޑު ވަމުން. އަޅުގަނޑުމެންގެ އިގްތިސާދު މިޖެހެނީ ތިރީހަކަށް އަހަރު ފަހަތަށް،" ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީއިގްތިސާދުފައްޔާޒު އިސްމާއީލް

Related News