ޕްރައިވަޓައިޒޭޝަން ބޯޑުގެ ނިވަލުގައި ސަރުކާރުއޮވެ، އެމް.ޑީ.ޕީ ގެ އާންމު މެންބަރުން ވަޒީފާއިން ވަކި ކުރަމުންދަނީ އެއްވެސް ސުމާރެއްނެތި ކަމަށް އެމްޑީޕީގެ ރައީސް އަބްދު ޝާހިދު ވިދާޚުވެއްޖެއެވެ.
ސަރުކާރުން އެކަން އެގޮތަށް ކުރަނީ ޕީ.އެން.ސީގެ އެކްޓިވިސްޓުންނަށް ވަޒީފާ ބަހައި، "ސަރުކާރު ދެމެހެއްޓެމުގެ ހީލަތްތެރި ވިސްނުމުގައި" ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.
"މިއީ އިޤްތިޞާދު ހީނަރުވެ ޑޮލަރުގެ އަގު އިންތިހާޔަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެތައް ރައްޔިތުންނެއް ބިކަކޮށް ޢާއިލާތައް އިނދަޖައްސާލުމަށް ހިންގާ އަނިޔާވެރި ޖަރީމާއެއް،" ޝާހިދު ވިދާޅުވެފައިވެއެވެ.
އަދި މިކަން ވަގުތުން ހުއްޓާލައި ސަރުކާރުގެ ސިޔާސީ ވަޒީފާ ބެހުމުގެ އިސްރާފާއި ކޮރަޕްޝަނަށް ބައިއަޅާ ފައިސާ ސަލާމަތްކޮށް ރައްޔިތުން ވަޒީފާގެ ކަށަވަރުކަން ނެތުމުގެ ބިރުން ސަލާމަތް ކޮށް ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.
"އެފަދަ ބޭއިންސާފާއި ކުރިމަތިލާންޖެހޭ ކޮންމެ ރައްޔިތެއްގެ ޙިމާޔަތުގައި އެމްޑީޕީ ދެމި އޮނަނާނެ އެވެ. އެމްޑީޕީގެ ވެރިކަމެއްގައި ބަދަލު ހޯދައިދޭނެއެވެ.،"





