ދިވެހި|English Jul 24, 2026 · 22:06
Top banner
Advertisement
ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ ފަޅުން އުޅަނދުފަހަރު ނެގުމަށް އަންގައިފި ފޮޓޯ މާލޭސިޓީ ކައުންސިލް
News

ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ ފަޅުން އުޅަނދުފަހަރު ނެގުމަށް އަންގައިފި

މމުހައްމަދު އަލީJul 24, 2026

މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ބޭއްވުމަށްޓަކައި މާލޭގެ ޢިއްޒުއްދީން ފާލަމާއި ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ ފަޅުގައި އަޅާފައިވާ އުޅަނދުފަހަރު މާދަމާއިން ފެށިގެން ނެގުމަށް މާލޭ ސިޓީ ކައުންސިލުން އެދިވަޑައިގެންފިއެވެ.

ސިޓީކައުންސިލުން ވިދާޅުވެފައިވަނީ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަރައް ބޭއްވުމަށްޓަކައި "25 ޖުލައި 2026 ވާ ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން 27 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ރޭގަނޑު 00:00 ގެ ނިޔަލަށް އެ ސަރަހައްދުގެ ފަޅު ހުސްކޮށްދިނުމަށް" އެދިވަޑައިގަންނަވާ ކަމަށެވެ.

މި މުއްދަތުގެ ތެރޭގައި ޢިއްޒުއްދީން ފާލަމުގެ ހުޅަނގުން އޮންނަ ސަރަހައްދަށް ވަދެ ނުކުމެވާ އުޅަނދުފަހަރާއި، އެ ސަރަހައްދުގައި އަޅާފައިވާ ހުރިހާ އުޅަނދުފަހަރެއް ނެގުމަށް ކައުންސިލުން ވަނީ އިލްތިމާސް ކުރައްވައިފައެވެ. މިއީ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެޅި ފިޔަވަޅެކެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މި ސަރަހައްދު ބޭނުންކުރާ ފަރާތްތަކުންނާއި އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކުން މިކަމުގައި ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ. "މިކަމުގައި މިސަރަހައްދު ބޭނުން ކުރައްވާ ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ދެއްވާ މިސަރަހައްދުގައި އޮޑިދޯނި ފަހަރު ގެންގުޅުއްވާ ފަރާތްތަކުން ޢަމަލީގޮތުން ބައިވެރިވެލެއްވުމަކީ މާލޭ ސިޓި ކައުންސިލްގެ އެދުމެކެވެ،" ކައުންސިލްގެ އިޢުލާނުގައި ބުނެފައިވެއެވެ.

Related News