ދިވެހި|English Jul 25, 2026 · 20:37
Top banner
Advertisement
ބިރުވެރިކަން އުފެދޭ ގޮތަށް ބްރިޖުގައި ދުއްވި ތިން ސައިކަލެއް ޓޯކޮށްފި
News

ބިރުވެރިކަން އުފެދޭ ގޮތަށް ބްރިޖުގައި ދުއްވި ތިން ސައިކަލެއް ޓޯކޮށްފި

ހިރި ނިއުސްހިރި ނިއުސްJul 25, 2026

ސިނަމާލޭ ބްރިޖުގައި ނުރައްކާތެރި ގޮތަކަށް ދުއްވި ތިން ސައިކަލެއް ޓޯކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެ ތިން ސައިކަލު ޓޯކޮށްފައިވަނީ މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. "ސިނަމާލެ ބްރިޖުގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ ގަވާއިދާ ހިލާފުވުމުގެ ސަބަބުން، 2026 ޖުލައި 25 ވަނަ ދުވަހު ވަނީ 30 ދުވަހުގެ މުއްދަތަށް ޓޯކޮށްފައެވެ." ފުލުހުން ވިދާޅުވިއެވެ.

ސައިކަލުތަކެއްގެ މަޑިމަތީގައި އޮށޯވެގެން އޮވެ ސައިކަލް ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފައެވެ. އެވީޑިއޯއިން ފެންނަގޮތުގައި އެމީހުން ސައިކަލް ދުއްވާފައިވަނީ ގަވާއިދު ހުއްތަކުރާވަރަށްވުރެ ބާރަށެވެ. މިކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރިކަމަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

Related News