ދިވެހި|English Jul 25, 2026 · 22:01
Top banner
Advertisement
ޑޮކްޓަރު މުފްތީ ޢައްމާރު ސަޢީދު
Report

ޑޮކްޓަރު މުފްތީ ޢައްމާރު ސަޢީދު

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫJul 25, 2026

ޑޮކްޓަރު މުފްތީ ޢައްމާރު ސަޢީދަކީ ކުރިން އެމެރިކާގައި ރަނާއި، ޖަވާހިރުގެ ވިޔަފާރި ހިންގެވި ބޭކަލެކެވެ. އޭނާއަކީ ކާމިޔާބު ކެރިއަރެއް ބިނާކުރެއްވި، އެމެރިކާގެ ޕާކިސްތާނީ ދަރިކޮޅުގެ އިސްލާމީ ޢިލްމުވެރިއެކެވެ. އަދި އޭނާއަކީ އިސްލާމްދީން ފެތުރުއްވުމަށް މަސައްކަތް ކުރައްވާ މުރުޝިދެކެވެ. ފަހުން، އޭނާ ވިޔަފާރިއާ ދުރަށް ޖެހިވަޑައިގެން، މުޅި އެމެރިކާގައި ކީރިތި ޤުރުއާން ބެއްސެވުމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވައި، އޭނާގެ ޙަޔާތްޕުޅުގެ ހުރިހާ ވަގުތާއި އަދި އަމިއްލަފުޅު ފައިސާއާއި މުދާ އިސްލާމީ ދަޢުވަތަށް ޚާއްޞަކުރެއްވިއެވެ.

ރަނާއި، ޖަވާހިރުގެ ވިޔަފާރި ދޫކޮށްލެއްވުމަށްފަހު، އިސްލާމީ ޢިލްމާއި، ތަޢުލީމު ކުރިއެރުއްވުމުގެ މަސައްކަތްޕުޅަށް އޭނާ ޚާއްޞަވެ ވަޑައިގެންނެވިއެވެ. އޭނާ އަކީ "ނިއުޔޯކުގެ އިސްލާމިކް ރިސާޗް ފައުންޑޭޝަނާއި"، "ޝަރީޢާ ކައުންސިލް އޮފް އެމެރިކާ" ފަދަ ފާހަގަކޮށްލެވޭ އިސްލާމީ ބައެއް މުއައްސަސާތަކުގެ ބާނީއެވެ.

އިސްލާމްދީން ފެތުރުއްވުމުގެ މަސައްކަތްޕުޅުގެ އިތުރުން ޑޮކްޓަރ މުފްތީ ޢައްމާރު ސަޢީދު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަރިވަރުންނަށް ހިލޭ އިސްލާމިކް ޑިޕްލޮމާ އާއި، ޑިގްރީ ޕްރޮގްރާމްތައް ކިޔަވައިދޭ އޮންލައިން ތަޢުލީމީ މަންސައެއް ކަމަށްވާ "ޢާލިމް ޔުނިވާސިޓީ" އުފައްދަވާފައެވެ. އޭގެއިތުރުން، ޔޫޓިއުބް އަދި ފޭސްބުކް ފަދަ އިޖުތިމާޢީ މަންސަތަކުގެ ތެރެއިން ދީނީ ދަރުސްތަކާއި، ހަނދާންކޮށް ދިނުމާއި، ތަޢުލީމީ ކޮންޓެންޓްތައް ޤަވާޢިދުން ޙިއްސާކުރާ "އަޙަދު" ޓީވީވެސް ހިންގަވަނީ ޑޮކްޓަރ މުފްތީ ޢައްމާރު ސަޢީދެވެ. މާތް الله އޭނާގެ މަސައްކަތްޕުޅުގައި ބަރަކާތް ލައްވައި، ހެޔޮ ދަރުމަ މިންވަރުކޮށް ދެއްވާށި. އާމީން.

Related News